މީދޫ ދާއިރާއިން ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް އިއްޔެ ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީން 2 ވަނައަށް ހޮވުނު އަބްދުﷲ ވަސީމު އަމިއްލަ ގޮތުން މަޖިލިހުގެ އިންތިޚާބުގައި މީދޫ ދާއިރާއަށް ވާދަކުރަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޖަމްބޭ ފޭސްބުކްގައި ކުރިއަށް ގެންދާ ޖަމްބޭގެ ޕޯލްގައި މިހާތަނަށް ވޯޓް ދެއްވި ގިނަ ފަރާތްތަކުން ވަސީމު (ވައްސޭ ) އިންތިޚާބުގައި ވާދަކުރުމަށް ފެންނަކަމަށް ވޯޓް ދެއްވައިފިއެވެ.
ރޭ ހުޅުވާލި މޕޯލްއަށް މިރޭ 21:00 އާއި ހަމައަށް ވޯޓް ދެއްވި 63 ފަރާތުގެ ތެރެއިން 53 ފަރާތަކުން ވައްސޭ އިންތިޚާބުގައި ވާދަކުރުމަށް ފެންނަކަމަށް ވޯޓް ދެއްވާފައިވެއެވެ. ވައްސޭ އަމިއްލަގޮތުން މަޖިލިސް އިންތިޚާބުގައި ވާދަކުރަން ނުފެންނަކަމަށް މިހާތަނަށް ވޯޓް ދެއްވާފައިވަނީ 8 ފަރާތަކުންނެވެ.
އިއްޔެ މީދޫގައި ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާއަށް ބަލާއިރު 208 ވޯޓް ހޯއްދަވައިގެން ޕްރައިމަރީ ކާމިޔާބުކުރައްވާފައިވަނީ ސަބްރީއެވެ.
ސަބްރީއާއި އެންމެ ގާތުން ވާދަކުރި ވަސީމު އަށް ލިބިފައިވަނީ 152 ވޯޓެވެ. ދެން މިދާއިރާއަށް ވާދަކުރެއްވި ހިޝާމުއަށް 104 ވޯޓް ލިބިފައިވާއިރު ހައްވުއަށް ލިބިފައިވަނީ 6 ވޯޓެވެ.