އިނގިރޭސި ލީގު ކަޕް ގެ ސެމީ ފައިނަލް ގައި ޗެލްސީ އާއި މިޑްލްސްބަރާ ބައްދަލުކުރާމެޗް މިރޭ  

އިގިރޭސި ލީގު ކަޕް ނުވަތަ ކާރބޯ ކަޕް ގެ ސެމީ ފައިނަލް ގައި ޗެލްސީ އާއި މިޑްލްސްބަރާ ބައްދަލު ކުރާމެޗް މިރޭ ކުޅެވޭނެއެވެ.  

އިގިރޭސި ޕްރިމިއާލީގުގައި މިހާތަނަށް އާދައިގެ ކުޅުމެއް ދައްކަމުން އަންނަ ޗެލްސީ ސެމީ ފައިނަލަށް ދަތުރުކުރި މެޗަށްފަހު އެޓީމްގެ ކޯޗް ބުނެފައިވަނީ ޗެލްސީއަށް މިވަގުތަށް އެންމެ މުހިންމީ ލީގް ކަޕް ހޯދުން ކަމުގައެވެ. އެހެން ކަމުން ފައިނަލަށް ދަތުރު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެޓީމުން ކުރާނެކަމަށް ޗެލްސީގެ ކޯޗް ވަނީ ބުނެފައެވެ.

ސެމީގައި ޗެލްސީއާއި ވާދަކުރާ މިޑްލްސްބަރާ އަކީ ނޮކްއައުޓް އުސޫލުން ކުޅޭ މެޗް ތަކުގައި ގިނަފަހަރަށް ކުޅުން ވަރުގަދަޓީމެއްކަމުގައި ފާހަގަކޮށްލެވެއެވެ.

މިމުބާރާތުގެ ސެމީގައި ދެލެގަށް ކުޅެން ހަމަޖެހިފައިވާތީ   ފައިނަލަށް ދަތުރު ކުރާ ޓީމެއް ކަނޑައެޅޭނީ ދެ ލެގަށް ކުޅޭ ސެމީގެ ދެމެޗްގެ ނަތީޖާއަށް ބަލައިގެންނެވެ.

ޗެލްސީއާއި މިޑްލްސްބަރާ ބައްދަލުކުރާ ސެމީފައިނަލްމެޗްގެ ކުޅުން އޮންނާނީ ރާއްޖޭގެ ގަޑިންމިރޭ ދަންވަރު 1:00 ގައެވެ.

advertisement
Next: އިމަޖެންސީގައި ލޭންޑްކުރި ސީ ޕްލޭނެއްގައި ނުފޭބި ތިބި ބަޔަކަށް މާލެ އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފި