ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ހުޅުމީދޫގައި ފާހަގަ ކޮށްފި

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމީދޫގައި ބޭއްވި އަތު ގުޅާލުމަކާއި ހަމަހިމޭންކަމުގެ ސުކޫތެއް މިއަދު ހެނދުނު ބާއްވިފައެވެ.  

ހުޅުމީދޫ އެސްޓީއޯ ކުރިމަތީގައި ބޭއްވުނު މިހަރަކާތް ކުރިޔަށް ގެންދިޔައީ މީދޫ ކައުންސިލާއި ހުޅުދޫ ކައުންސިލް އަދި ހުޅުމީދޫގެ މުވައްސަސާތައް ގުޅިގެންނެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 26ވަނަ ދުވަސް ގައުމީ އެއްބައިވަންތަކމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދަނީ، 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ދިވެހިންނާ ކުރިމަތިވީ ގުދުރަތީ އެންމެ ބޮޑު ކާރިސާގެ ހަނދާންތައް އާކޮށް، އަދި އެކާރިސާއަށްފަހު ގައުމަށް ކުރިމަތިވެގެންދިޔަ ބޮޑެތި ގޮންޖެހުންތަކުން އަރައި ގަތުމުގައި ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި އެކުވެރިކަމުގެމަތިން ހަނދާން އާ ކުރުމަށް ޓަކައެވެ.

advertisement

2004 ވަނަ އަހަރުގެ 26ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމާތުރާއާއި އަންޑަމަންއަށް މިންގަޑުން 9.3ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަށްފަހު އިންޑިއާ ކަނޑުގައި އުފެދުނު ބިޔަ ސުނާމީ، ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް އަރާ، 227,898 މީހުން މަރުވެ، އުމްރާނީ ގޮތުންނާއި އަދި އިގްތުސާދީ ގޮތުންވެސް ގުނާ އަދަދު ނުކުރެވޭހާ ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ މި ކާރިސާގައި ދިވެހިންގެ ތެރެއިންވެސް 82 މީހަކު ނިޔާވެ، 26 މީހަކު ގެއްލިފައި ވެއެވެ.

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމީދޫގައި ބޭއްވި އަތު ގުޅާލުން

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމީދޫގައި ބޭއްވި އަތު ގުޅާން

advertisement
Next: އެކްސްކޯގެ 5 މެމްބަރުން އިސްތިއުފާ ދިނުމާއެކު ބައްސާމްގެ މަގާމު ގެއްލިއްޖެ