ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް މިކަން އިއުލާންކުރައްވާފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އޭނާ ވާދަކުރައްވާނެކަމަށް ވިދާޅުވެފައިވަނީ ލ.ފޮނަދޫ ދާއިރާއަށެވެ.
“2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތައީދު އަޅުގަނޑަށް ދެއްވުމަށް ނުހަނު އިޚްލާަޞްތެރިކަމާާއެކު އެދެމެވެ.”
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
މީގެ ކުރިންވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުކަން އަބްދުއްރަހީމް ވަނީ ކުރައްވާފައެވެ