ހުޅުދޫގައި ބިދޭސީއަކަށް ވަޅިންބިރު ދައްކައިގެން މޯބައިލް ފޯނެއް ފޭރިގެންފި އެވެ.
މިމަހުގެ 10 ވަނަ ދުވަހުގެރޭ ހުޅުދޫ ރަތްވިލާ މަގުގައި ހގި މިހާދިސާގައި ވަޅިން ބިރުދައްކައިގެން މޯބައިލް ފޯން ފޭރިގެންފައިވަނީ ހުޅުދޫގައި އުޅޭ ބަގްލާދޭޝް މީހެއްގެ އަތުންނެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަޙްޤީޤު ކުރަމުން ކަމަށާއި އަދި އެއްވެސް މީހަކު މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.