މެންބަރުން އަޑުގަދަ ކުރެއްވި ނަމަވެސް ބަޖެޓް ހުށަހަޅުއްވައިފި

ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުއްވުމަށް ދަ ޑިމޮކްރެޓްސްގެ މެންބަރުން ދެކޮޅު ހައްދަވައި އިހުތިޖާޖުކޮށް، އަޑުގަދަ ކުރެއްވި ނަމަވެސް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދައުލަތުގެ ބަޖެޓް ހުށަހަޅުއްވައިފިއެވެ.

އެންމެ ފުރަތަމަ އަމީރު ހުށަހެޅުއްވީ 2023 ވަނަ އަހަރުގެ ބާކީ ބައިގައި ހަރަދު ކުރުމަށް ބޭނުންވާ ފައިސާގެ ތަފްސީލް ހިމެނޭ ސަޕްލިމެންޓްރީ ބަޖެޓެވެ.

އެއަށްފަހު 2024 ވަނަ އަހަރަސް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވާ ދެއްވިއެވެ.

2024 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 49,549,713,738 (ސާޅީސް ނުވަ ބިލިއަން، ފަސްސަތޭކަ ސާޅީސް ނުވަ މިލިއަން، ހަތް ލައްކަ ތޭރަހާސް، ހަތްސަތޭކަ ތިރީސް އަށް) ރުފިޔާއެވެ.

Next: ކުނިކޮށިން އަރަމުންދާ ބޯ ދުންތައް ރަށުގެ ބޮޑު ބަޔަކަށް ފެތުރި، އުނދަގޫތަކެއް