ރައީސް ސޯލިހުގެ ދެކަނބަލުން މުލިއާގެއިން ނުކުމެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި، އަނބިކަނބަލުން ފަޒްނާ އަހުމަދު މުލިއާގެއިން ނިކުމެވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން މުލިއާގެން ނިކުމެވަޑައިގަތީ، ރިޔާސީ ދައުރުގައި ބާކީ 7 ދުވަސް އޮއްވާ އެވެ. އެގޮތުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާނީ ނޮވެމްބަރު މަހު 17 ވަނަ ދުވަހު އެވެ.

ރައީސް ސޯލިހު މުލިއާގެއަށް ރަސްމީކޮށް ބަދަލުވެވަޑައިގަތީ، 2018 ވަނަ އަހަރު ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. މީގެ ކުރިން ރިޔާސީ ދައުރުތަކުގައި، ރައީސް ނަޝީދު ދިރުއުޅުއްވާފައިވަނީ މުލިއާގޭގައެެވެ. ނަމަވެސް ރައީސް ޔާމީން މުލިއާގޭގައި ދިރިއުޅުއްވާފައި ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސާލިޙްގެ ދެކަނބަލުން ބަދަލުވެވަޑައިގެންފައިވަނީ، މ. ސާނީ އިން އަށެވެ. އެއީ ފަސްޓް ލޭޑީ ފަޒްނާގެ އާއިލީ ބޭފުޅުން ދިރިއުޅުއްވަމުންދާ ގެއެކެވެ.

advertisement

Next: ފުވައްމުލަކާ 20 މޭލުބޭރުން އޯކިޑް 707 ބިންދައިގެން ގޮސްފި