އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ސުލައިމާން އިސްތިއުފާދެއްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ސުލައިމާން އިސްތިއުފާދެއްވައިފިއެވެ.

މަޤާމުން އިސްތިއުފާދެއްވިކަން އީސީގެ ރައީސް އަޙްމަދު ސުލައިމާން ކަށަވަރު ކޮށްދެއްވިނަމަވެސް އިސްތިފާދެއްވި ސީދާ ސަބަބެއް ވިދާޅެއް ނުވެއެވެ. އަޙްމަދު ސުލައިމާން ވިދާޅުވީ ކޮމިޝަންގެ ރައީސް ގެ މަޤާމުގައި ހުންނަވައިގެން ރަގަޅު ހިދުމަތްތަކެއް ކޮމިޝަނަށް ދެއްވިފައިވާކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެހެން ދާއިރާއަކަށްވެސް ރަގަޅު ހިދުމަތްކުރެއްވުމުގެ އުއްމީދުގައި ހުންނެވިކަމަށް ސުލައިމާން ވިދާޅުވިއެވެ.

އީސީގެ ރައީސް އަޙްމަދު ސުލައިމާން މަޤާމުން އިސްތިފާދެއްވާފައިމިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންތަކެއް ގޮނޑި ގެއްލިފައިވާކަމަށް ކޮމިޝަނުން ނިންމުމުން އެ ކޮމިޝަނަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

Next: ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތުގައި މައުމޫންގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފި