ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް، ބަޖެޓުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ- އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، މިއަދު ބާއްވަން  އެޖެންޑާ ކުރި ބަޖެޓުގެ މަސައްކަތުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވެފައިވަނީ ވަގުތުނޫހުން އަސްލަމަށް ދެންނެވި ސުވާލެއްގެ ޖަވާބުގައެވެ.

” އެމްޑީޕީ ޕީޖީ ގްރޫޕުން އޮތީ ގޮތެއް ނިންމާފައި ކަމަށާއި އެއީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނުނިމެނީސް މަޖިލިހުގައި އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުން ،  އެހެން ކަމުން ކުރިން ވެސް ބުނި ގޮތަށް އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެން ގޮސް އެއްވެސް އެހެން މަސައްކަތް ކުރިއަށް ނުގެންދެވޭނެ “

އަސްލަމްއާއި ހަވާލާދީ ވަގުތު އޮންލައިންގައި ބުނެފައިވެއެވެ.

ނަޝީދު ވަކި ކުރުމަށް ދެ ޖަލްސާގައި އެޖެންޑާ ކުރި ނަމަވެސް، ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އެކަމަނާވަނީ ދެ ދުވަހަށް ސަލާމް ފޮނުވާފައެވެ. އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

މަސްދަރު: ވަގުތު

advertisement

Next: ފޮޓޯއިން ޚަބަރު: މީދޫގެ މަގުހެދުމުގެ މަސައްކަތް