އަނބުރާ ހޯދަން އެންގި 20 މިލިއަން ރުފިޔާއަކީ 2018ގެ ކުރީގެ މުއާމަލާތްތަކުގެ ފައިސާ: ފެނަކަ

ފެނަކަ ކުންފުންޏާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަނބުރާ ހޯދަން އަންގާފައިވާ 20 މިލިއަން ރުފިޔާއަކީ 2018ގެ ކުރީގެ މުއާމަލާތްތަކެއްގެ ފައިސާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އޭސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ފެނަކައާ ގުޅޭ ގޮތުން އެ ކޮމިޝަނުން 75 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަތަކާ ގުޅިގެން 20 މިލިއަން ރުފިޔާ ހޯދަން އަންގާފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ. ނަމަވެސް އެއީ ކޮންއިރެއްގެ މުއާމަލާތްތަކެއްގެ ފައިސާއެއް ކަމެއް ނުބުނެ އެވެ.

އެކަން މީޑިއާތަކަށް ސާފުކޮށްދޭން ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އޭސީސީން ބަލަމުންދާ މައްސަލަތަކުގެ އަދަދު ކަމަށް ބުނެފައި އެވަނީ 2012 ވަނަ އަހަރު އެ ކުންފުނި ވުޖޫދު ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުރި އަދަދު ކަމަށެވެ.

އަދި ހޯދަން އަންގާފައިވާ 20 މިލިއަން ރުފިޔާއަކީ 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ކުންފުނިން ހިންގާފައިވާ ޖުމުލަ ހަތަރު މުއާމަލާތަކާ ގުޅިގެން ހޯދަން އަންގާފައިވާ ފައިސާ ކަމަށްވެސް ބުންޏެވެ.

އޭގެ ތެރޭގައި ހިމެނެނީ:

Next: ނަޝީދު ވަކި ކުރުން ކުރިޔަށް ނުގެންދާނަމަ، އެމްޑީޕީން ހުރިހާކަމަކަށް ”ނޯ“ ޖަހާނަން: އަސްލަމް