ފަލަސްތީނާއެކު ހުޅުމީދޫ ރަށްޔިތުން ތިބިކަން ހާމަކޮށްފި

ފަލަސްޠީނުގެ ރައްޔިތުންނާއެކު ހުޅުމީދޫ ރަށްޔިތުން ތިބިކަން ހާމަކުރުމުގެ ގޮތުން މިއަދު ހަވީރު ހިގާލުމެއް ބާއްވައިފިއެވެ.

މިހިގާލުމުގައި އިސްރާޢީލުގެ ޖައްބާރު ސިފައިންގެ އުދުވާނީ ހަމަލާތަކުގައި ފަލަސްޠީނުގެ ކުށެއް ނެތް އެތައް ބަޔަކު މަރުވަމުންދާއިރު ހުޅުމީދޫ ރަށްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނާއެކުގައިކަމަށް ހާމަކޮށްފައިވެއެވެ.

13-10-2023 – ހުޅުމީދޫ -ފަލަސްޠީނުގެ ރައްޔިތުންނާއެކު ހުޅުމީދޫ ރަށްޔިތުން ތިބިކަން ހާމަކުރުމުގެ ގޮތުން މިއަދު ހަވީރު ބޭއްވުނު ހިގާލުން

ހުޅުމީދޫގައި މިއަދު ބޭއްވުނު މިހިނގާލުމުގައި ކުޑަކުދިންނާއި އިސްރަށްވެހީންނާއި ޒުވާނުން ވަނީ ފަލަސްޠީނުގެ ދިދަ ހިފައިގެންތިބެ  ފަލަސްތީންގެ ބިންތައް ޔަހޫދީން ދޫކޮށް ދިއުމަށް ގޮވާލާ އަޑުއުފުލާފައެވެ.

އަދި މީގެއިތުރަށް މިހިނގާލުމުގައި  ބައިވެރިން ވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާކަމަށްވާ މަސްޖިދުލް އަލް އަޤްޞާއަށް ހަމަލާދިނުން ކުށްވެރިކޮށްފައެވެ.

advertisement

Next: ކޮމިޝަނަރ އޮފް ޕޮލިސް ހަމީދު މަޤާމުން ރިޓަޔަރކުރައްވަނީ