ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވޯޓާފްރަންޓް ރެސްޓޯރަންޓުގައި ދުނިޔޭގެ މަޝްހޫރު ފުޑް ޗައިންތައް ހިންގަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އިން އެޗްއެމްއެސްހޯސްޓް އިންޓަރނޭޝަނަލް ކުންފުންޏާ ހަވާލުކޮށް އެއްބަސްވުމެއްގަ ސޮއިކޮށްފި އެވެ. މިއެއްބަސްވުމުގެ ދަށުން މަޝްހޫރު ބްރޭޑްތައް ކަމަށްވާ ކޭއެފްސީއާއި ޕިއްޒާ ހަޓާއި ކޮސްޓާ ކޮފީގެ އިތުރުން ހާރވެސްޓް މާކެޓްގެ އައުޓްލެޓްތައް ވީއައިއޭގެ ވޯޓަރފްރޮންޓްގައި ހުޅުވާނެއެވެ.
މިއަދު މެންދުރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ އަދި އެޗްއެމްއެސްހޯސްޓް އިންޓަރނޭޝަނަލްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ވޯލްޓަރ ސެއިބް އެވެ. އެމްއޭސީއެލް އިން ބުނީ ކުރިއަށް ދެ ތިން މަސްތެރޭ ވޯޓަރފްރޮންޓް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާ ޢާއްމުންނަށް ޚިދުމަތް ދޭން ފަށާނެކަމަށެވެ.