އާރްޓީއެލް ފެރީން އައްޑޫއާ ފުވައްމުލަކާ ދެމެދު ކަނޑުމަތިން ބަޔަކު ސަލާމަތްކޮށްފި

އައްޑޫއާ ފުވައްމުލަކާ ދެމެދު ކަނޑުމަތިން ބަޔަކު ސަލާމަތްކޮށްފިއެވެ.

ގާފު އޮންލައިން ނޫހުން ގެނެސްދީފައިވާ ޚަބަރެއްގައި ބުނެފައި ވަނީ ތިން މީހަކު ކަނޑުމަތީގައި ތިއްބާ ފެނިފައިވަނީ މިއަދު ފުވައްމުލަކުން އައްޑޫސިޓީއަށް ދަތުރުކުރި އާރްޓީއެލްގެ ފެރީއަކަށްކަމަށެވެ.

އަދި އާރުޓީއެލް ފެރީން ކަނޑުމަތިން ސަލާމަތްކޮށްފައިވަނީ 2 ދިވެހިންނާއި ބިދޭސީއެއް ކަމަށްވެސް އެނޫހުން ބުނެފައިވެއެވެ.

ގާފު އޮންލައިނުން ގެނެސްދީފައިވާ މިޚަބަރުގައި އިތުރަށް ބުނެފައިވަނީ އާރުޓީއެލްއިން ކަނޑުމަތިން ސަލާމަތްކުރި މީހުންނަކީ ޑައިވިން ދޯންޏަކުން ޑައިވިން ކުރުމަށް ފޭބި ބައެއް ކަމަށާ އެމީހުންނާ ދޯންޏާއި ގުޅުން ކެނޑި އެމީހުން ކަނޑުމަތިވީ ކަމަށް އެމީހުންނާ ހަވާލާދީ އާރްޓީއެލް ފެރީގައި އެވަގުތު ދަތުރުކުރި މީހަކު “ގާފު” އަށް ކިޔައިދިންކަމަށް އެނޫހުގައި ބުނެފައިވެއެވެ.

advertisement

Next: އިމާރާތެއްގެ 14 ވަނަ ބުރިން ވެއްޓި އައްޑޫސިޓީ ޒުވާނަކު މަރުވެއްޖެ