ރައީސް ޔާމީން ގެއަށް ބަދަލުކުރައްވައިފި

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލުކުރައްވައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ދާދި ދެންމެ އަކު ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާފައެވެ. ކަރެކްޝަނުން ބުނީ ވަގުތީ ގޮތުން ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވީކަމަށެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުވެ ވަޑައިގެންނެވުމުން ރޭ ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެޔަށް ބަދަލު ކުރުމަކީ ރައީސް ޞާލިހަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށެވެ.އަދި މިވަގުތުގެ ހާލަތު އޮތް ގޮތުންނާއި އެންމެ މަސްލަހަތު ހުރި ގޮތަށް ބަލާއިރު ރައީސް ޔާމީން ގެޔަށް ބަދަލު ކުރެއްވުމަކީ އެންމެ މަސްލަހަތު ހުރިގޮތްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އިންތިޚާބުގެ ތެރޭގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެޔަށް ބަދަލު ކުރާނެކަމަށް ވިދާޅުވެފައެވެ. ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހަކީ ޖުޑީޝަރީގެ ނުފޫޒު ރައީސް އޮފީސް ތެރޭގައި އޮތް އޮތުން ނިމުމަކަށް ގެނެސް ރައީސް ޔަމީން ގެޔަށް ބަދަލު ކުރައްވާނެ ދުވަސްކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތަކީ ނުހައްގު އަނިޔާތަކެއްކަމަށް މުއިއްޒު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

advertisement
Next: ރައީސް ޞާލިޙް، އިންތިޚާބީ ރައީސް ޑރ މުޢިއްޒާ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވެއްޖެ