ރައީސް ޞާލިހު އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް މަރުޚަބާ ދަންނަވައިފިއެވެ.

ރައީސް ޞާލިހު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރިޔާސީއިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުއިއްޒަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މިއިންތިޚާބުގައި ދެއްކި ރީތި ނަމޫނާއަށް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.

ރިޔާސީއިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުއިއްޒަށް މަރްޙަބާ ދަންނަވަން. އިންތިޚާބުގަ ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކާ ޝުކުރު ދަންނަވަން. އެކުގަ މަސައްކަތްކުރި އެމް.ޑީ.ޕީ އާއި އޭ.ޕީ ގެ މެމްބަރުން އަދި އަޅުގަޑަށް ވޯޓުދެއްވި ހުރިހާރައްޔިތުންނަށް ޝުކުރު ދަންނަވަން.

ރައީސް ޞާލިހު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވިއިރު، ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް މުއިއްޒު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފައެވެ. އެފަހަރު އެމަނިކުފާނަށް 46 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހު ވާދަކުރެއްވީ އެމްޑީއޭ އާއި އަދާލަތު ޕާޓީއާއެކު ކޯލިޝަން ހަދައިގެންނެވެ. އެހެންނަމަވެސް، ފުރަތަމަ ބުރުގައި މުއިއްޒަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށްފަހު އެމްޑީއޭއިން ވަނީ އެ ކޯލިޝަން ރޫޅާލައި މުއިއްޒަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.

ފުރަތަމަ ބުރުގައި ވާދަ ކުރި ސިޔާސީ ޕާޓީތަކުގެ ތެރެއިން އެމްއެންޕީއިން ދެވަނަ ބުރުގައި ޑރ. މުއިއްޒަށް ތާއީދު ކޮށްފައިވާއިރު ދެވަނަ ބުރުގައި، އެމްޑީޕީގެ ތެރެއިން ފެކްޝަން އުފެދި އަލަށް ވުޖޫދަށް ގެނައި ދަ ޑިމޮކްރެޓްސް ޕާޓީން ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދު ކުރާނެ ކަމަށް ބެލެވުނަސް އެ ޕާޓީން ނިންމީ އެއްވެސް ކޮޅަކަށް ތާއީދު ނުކުުރުމަށެވެ. އަދި ރައީސް ސޯލިހު ހޮވަން 2018 ވަނަ އަހަރު ކޯލިޝަން ހެދި ޖުމްހޫރީ ޕާޓީން ވެސް ނިންމީ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ތާއީދު ނުކުރުމަށެވެ.ނެވެ. .

ރިޔާސީ އިންތިހާބުގެ ނަތީޖާ އަންދާޒާ ކުރެވޭ ގޮތުން އިންތިހާބު ކާމިޔާބުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒެވެ. ރައީސް ސޯލިހުގެ މައްޗަށް މުއިއްޒު ކުރި ހޯއްދެވީ، ޖުމްލަ ވޯޓުގެ 54 ޕަސެންޓު ހޯއްދަވައިގެންނެނެވެ.

advertisement
Next: އިންތިޚާބީ ރައީސް ޑރ. މުއިއްޒުއަށް މޯޑީ މަރުޙަބާ ވިދާޅުވެއްޖެ