މުއިއްޒު %54.06 ވޯޓާ އެކު އިންތިހާބު ކާމިޔާބުކުރައްވައިފި

ކުރިއަށް އޮތް ފަސް އަހަރުގެ ރައީސް ކަމުގެ މަގާމު، މާލޭގެ މޭޔަރު އަދި ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު މިއަދު ކަށަވަރު ކުރައްވައިފި އެވެ.

މި މަހުގެ 9ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވި އިދިކޮޅު ކެންޑިޑޭޓް މުއިއްޒާއި ދެ ވަނައަށް ދިޔަ ރައީސް ސޯލިހާ ދެމެދު މިއަދު ބޭއްވި އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒު ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ، 586 ވޯޓް ފޮށިން ތެރެއިން މިހާތަނަށް ގުނި 585 ފޮށިން %54.06 ނުވަތަ 129165 ވޯޓް ހޯއްދަވައިގެންނެވެ. 

ރައީސް ސޯލިހު އަށް ލިބި ލެއްވީ  109،747 ވޯޓް؛ އެއީ ވޯޓްލީ މީހުންގެ %45.94 އެވެ.

މި އިންތިހާބުގައި ވޯޓްލެވޭ މީހުންގެ ތެރެއިން %86 އަށް ވުރެ ބޮޑު އަދަދެއް ވޯޓްލީ ކަމަށް އިލެކްޝަންސް އިން ލަފާކުރެ އެވެ. 

ވަގުތީ ނަތީޖާއަށް ބަލާއިރު މުއިއްޒު ރައީސް ސޯލިހުގެ މައްޗަށް ކުރީގައި އޮތީ 19،418 ވޯޓްގެ ތަފާތަކުންނެވެ. .

advertisement
Next: އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް ރައީސް ނަޝީދު މަރުޚަބާ ދަންނަވައިފި!