އަންހެން ސިންގަލްސް ޗެމްޕިއަންކަން ޑެންމާކްގެ ކެރޮލައިން ވޮޒްނިއާކީ ހޯދައިފި

އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް އިވެންޓްގެ    ޗެމްޕިއަންކަން ޑެންމާކްގެ ކެރޮލައިން ވޮޒްނިއާކީ ހޯދައިފިއެވެ.

މެލްބަންގެ  ރޮޑްލޭވަރ އެރީނާގައި ކުޅެވުނު ފައިނަލްމެޗްގައި  ޑެންމާކްގެ ކެރޮލައިން ވޮޒްނީ މިމުބާރާތުގެ ޗެމްޕިއަންކަންހޯދީ ފައިނަލްގައި ރުމެނޭނިޔާގެ ސައިމޯނާ ހޭލެޕް ދެސެޓް އެއްސެޓުން ބަލިކޮށްފައެވެ.

ފައިނަލްމެޗްގެ ފުރަތަމަ ސެޓު 7-6 އިން ވޮޒްނިއާކީ ކާމިޔާބުކޮށްފައިވަނިކޮށް  ދެވަނަ ސެޓު 6-3 އިން ގެންގޮސް ހޭލެޕް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު 6-4 އިން ކާމިޔާބުކޮށް ވޮޒްނިއާކީ ވަނީ އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއްގެ ތަށި އުފުލާލާފައެވެ

Next: ވެލެންސިއާއާއި ދެކޮޅަށް ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުން މޮޅުވެއްޖެ