ބަމްޕަރުން ކަހާލައިގެން ވެއްޓި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

ފުވައްމުލައް ސިޓީގައި މި މަހުގެ 9 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން މާލެ ގެންދިޔަ ޒުވާނާ ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓްގައި ނިޔާވީ އެ ސިޓީގެ މިސްކިތްމަގު އަވަށު ދެބުދާރުގެ، އިސްމާއިލް ހަސަން 30، އެވެ.

ފުލުހުން ބުނީ ފުވައްމުލަކު ނައިބު ތުއްތު މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ބަމްޕަރަކަށް އަރައި ކަހާލައިގެން ވެއްޓި ހާދިސާއެއް ހިނގާފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:55 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އާދިއްތަ ވަނަ ދުވަހު މާލެ ގެންދެވުނެވެ. އަދި އޭނާއަށް އޭޑިކޭގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށެވެ.

ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.


advertisement
Next: މި ދަނޑިވަޅަކީ ނިޒާމު ބަދަލު ކުރުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެންމެ މުނާސަބު ވަގުތު-އިލްޔާސް ލަބީބު