އެންމެ ބޮޑު ޗެލެންޖަކީ ދޮގުތަކަށް ރައްދުނުދެވުން، ހާމަކުރެވެންހުރި ވަރަށް ހާމަކޮށްދޭނަން: ރައީސް

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިމާވި އެންމެ ބޮޑު ޗެލެންޖަކީ އިދިކޮޅުން ކެމްޕެއިންތެރޭގައި ސަރުކާރާ ގުޅޭގޮތުން ފެތުރި ދޮގު ވާހަކަތަކަށް ރައްދު ނުދެވުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ އަށް މިއަދު ދެއްވި ފޯން އިންޓަރވިއުއެއްގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރިގައި ވަރަށް ގިނަ ގޯސްތައް ހެދިފައި އެބަހުރިކަމަށާ މި ބުރު ދިޔައީ އުންމީދުކުރެއްވި ގޮތަކަށް ނޫން ކަމަށެވެ.

ދެވަނަ ބުރަށް ނުދިޔަ ބައެއް ޕާޓީތަކާ މިހާރުވެސް ވާހަކަދެކެވެމުންދާ ކަމަށާ، ބައެއް ފަރާތްތަކުން އެމްޑީޕީއާއެކު ކުރިއަށްދާނެ ކަމުގެ ފެހި ސިގްނަލްތައް ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެެ.

ދެބަޔަކު ނުވަތަ ތިންބަޔަކު އަޅުގަނޑުމެންނާއެކު ގުޅޭނެ ކަމަށް މިބަލަނީ. މީގެއިންވެސް ލިބޭނެ ފުދޭވަރެއްގެ ކުރިއެރުމެއް”

ރައީސް ސޯލިހު ވިދާޅުވިއެވެ.

މި އިންތިޚާބުތެރޭގަ ސަރުކާރަށް އަމާޒުކޮށް ދެއްކި ދޮގުވާހަކަތަކެއް އެބަހުރި ކަމަށާ އެގޮތުން އިސްތިގްލާލް ގެއްލުވާލުމަށް މި ސަރުކާރުން މަސައްކަތްކުރާ ކަމަށް ބުނެ، ރައްޔިތުންނަށް ގަބޫލުކުރެވޭ ވަރަށް ދޮގު ވާހަކަތައް  ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ އެ ވާހަކަތަކަކީ އެއްވެސް ކަހަލަ ހަގީގަތެއްހުރި ވާހަކަތަކެއް ނޫންކަމަށާ އެހެންނަމަވެސް ކެމްޕެއިން ތެރޭގައި ރައްޔިތުންނަށް ގަބޫލުކުރެވޭވަރަށް ސަރުކާރަށް އޭގެ ހަގީގަތް ސާފުކޮށްދެވިފައިނުވާ ކަމަށެވެ.

އެއީ އެންމެ ބޮޑު ޗެލެންޖަކަށް އަޅުގަނޑުމެންނަށް މިދިޔަ ފުރަތަބަ ބުރުގައި ވެގެންދިޔައީ. އިރާދަކުރެއްވިއްޔާ މިބުރުގައި އެހާމަކުރެވެންހުރި ހުރިހާއެއްޗެއް ހާމަކޮށް، ރައްޔިތުންނަށް އޮޅުފިލުވައިދޭނަން”

ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާ ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަމަށާ އެކަން ސާފުކޮށްދެވުމުން ރައްޔިތުންނަށް އެކަން ވިސްނޭނެ ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ. އަދި އެކަން ދެވަނަ ބުރުގައި ކުރެއްވޭނެ ކަަމަށްވެސް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުގެ އެދުމަކީ ގައުމުގޮސް މިވެއްޓޭ އަނދަވަޅުން ސަލާމަތް ކުރުމަށްޓަކައި އިތުރު ހިތްވަރެއް ލައިގެން މަސައްކަތް ކުރުމަށް. އެހެންނޫނީ އަޅުގަނޑުމެންނަށް ފެންނަ މަންޒަރު ވަރަށް ބަނަ ވަރަށް އަނދިރިކޮށް މިފެންނަނީ. އިދިކޮޅު ކެންޑީޑޭޓްގެ ލިންކްތައް ބަލާއިރު ބިރުގަންނަ ކަހަލަ އެތައެް ކަންތައްތަކެއް އެބަފެނޭ .”

ރައީސް ސޯލިހު ވިދާޅުވިއެވެ.

އެހެންކަމުން އެކަންކަމުން ސަލާމަތްވުމަށް އެމަނުކުފާނަށް ތާއީދުކުރެއްވުމަށް ހުރިހާ ރައްޔިިތުންގެކިބައިން ރައީސް ވަނީ އެދިވަޑައިގެންފައެވެ.


advertisement
Next: ރައީސް ޞާލިހު އެމްޑީޕީގެ ޤައުމީ މަޖިލީހާއި ބައްދަލު ކުރައްވައިފި