ރިޔާސީ އިންތިހާބު2023-  އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒު

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ދެ ވަނަ ބުރަކަށް ދިޔަ ނަމަވެސް މުޅި ރާއްޖޭގެ އަގުލަބިއްޔަތު ހޯދައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބޮޑު ކާމިޔާބެއް ހޯއްދަވައިފި އެވެ.

އިއްޔެބޭއްވުނު އިންތިހާބުގެ ވަގުތީ ނަތީޖާ ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު މުއިއްޒު ވަނީ 100،723 ވޯޓު ހޯއްދަވައިފަ އެވެ. އެއީ ޖުމްލަ ވޯޓުގެ %46.16  ޕަސެންޓެވެ.

 މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 85،126 ވޯޓެވެ. އެއީ ގާތްގަނޑަކަށް %39.02 ޕަސެންޓެވެ.

ރައީސް ސޯލިހު : ރައީސް ސޯލިހުއަށް ލިބިވަޑައިގެންނެވީ ވޯޓްލީ މީހުންގެ %39.02 ވޯޓް – އެއީ 85،126 ވޯޓް

ދެ ކެންޑިޑޭޓުންގެ ދެމެދުގައި 15،597 ވޯޓުގެ ތަފާތު އޮތްއިރު، ރައީސް ސޯލިހުގެ އުފަން ޅ. އަތޮޅާއި ރަނިން މޭޓުގެ އުފަން އައްޑު ސިޓީ އާއި އއ. އަތޮޅު ފިޔަވައި ހުރިހާ ހިސާބަކުން ވެސް ކުރި ހޯދީ ޑރ. މުއިއްޒެވެ. އޭގެ ތެރޭގައި، ކުޅުދުއްފުށި ސިޓީ އަދި މާލެ ސިޓީ ވެސް ހިމެނެ އެވެ.

މިފަހަރުގެ އިންތިޚާބުގައި ޖުމްލަ އަށް ރިޔާސީ ކެންޑިޑޭޓުން ވާދަ ކުރެއްވިއިރު ވެސް ތިން ވަނައަށް ވަޑައިގެންނެވި ކެންޑިޑޭޓް ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ ހަތް ޕަސެންޓުވަރު ވޯޓެވެ. އެއީ 15،633 ވޯޓް ހޯއްދަވައިގެންނެވެ.

ގާސިމް އިބްރާހިމް އަށް %2.47 ލިބުނުއިރު އެއީ 5387 ވޯޓެވެ.

 އުމަރު ނަސީރަށް ދޭއް ޕޮއިންޓް އަށެއް ހަޔެއް ޕަސެންޓުވަރު ލިބުނުއިރު، އެއީ 6231 ވޯޓެވެ.

ދެން ތިއްބެވި ކެންޑިޑޭޓުންނަށް ލިބުނީ އެއް ޕަސެންޓުވަރު ނުވަތަ އެއަށްވުރެ ވެސް މަދުންނެވެ

އިއްޔެ ބޭއްވުނު ވޯޓް ލުމުގައި ވޯޓް ލުމުގެ ހައްގު ލިބިގެންވާ 282،395 މީހުންގެ ތެރެއިން ވޯޓް ދީފައިވަނީ 223،288 މީހުންނެވެ.

ޚަބަރާއި ގުޅޭ މައުލޫމާތު : ވަގުތު އޮންލައިނުން


advertisement
Next: 2 ވަނަ ބުރައް ތައްޔާރުވާން ފަށައިފިން، ބަޔަކާއި ގުޅެން ޖެހޭނެ: ރައީސް