ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގައި ނިންމާ އެންމެ ބޮޑު ނިންމުމުގައި މުހިންމު ދައުރެއް އަދާކުރާނީ އައްޑޫ ސިޓީން- ރައީސް ސޯލިހު

ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގައި ނިންމާ އެންމެ ބޮޑު ނިންމުމުގައި މުހިންމު ދައުރެއް އަދާކުރާނީ އައްޑޫ ސިޓީންކަމަށް ރައީސް ވިދާޅުވެއްޖެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ  ރައީސް ސޯލިހުގެ ކެމްޕޭނަށް އައްޑޫސިޓީ ހިތަދޫގައި ބޭއްވުނު ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް  ސޯލިހު ވިދާޅުވީ ޑިމޮކްރެސީގެ ހަޔާތުގައި އައްޑޫ ރައްޔިތުން ކުރި އެންމެ ބޮޑު ކަމަކީ ބުރަކޮށް މަސައްކަތްކުރުންކަމަށާ އެގޮތުން އެމްޑީޕީ އުފެދުުމުގައާއި ސިޔާސީ ގޮތުން އެތައް ގުރުބާނެއްވީ ރައްޔިތުން މިއަދު ވެސް އައްޑޫގައި އުޅެމުން އަންނަކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

7-9-2023 އައްޑޫސިޓީ ހިތަދޫ – އެމްޑީޕީން ހިތަދޫގައި ބޭއްވި ” އުފާވެރި އައްޑޫ ” ޖަލްސާ

ރައީސް ވިދާޅުވީ މީގެ ކުރީގެ ވެރިކަންތަކުގައި ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ މެދަށް ބަރުވެފައިި އޮތް ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަމަހަމަކަމާއެކު މަސައްކަތްތައް ފެށީ މި ސަރުކާރުން ކަމަށެވެ. އެ މަސައްކަތް ފެށިތަނުން އެންމެ ބޮޑު ދައްޗަކަށްވީ ކޮވިޑުގެ ބަލިމަޑުކަން ކުރިމަތިވުންކަމަށް ރައީސް ވުދާޅުވިއެވެ.

މީގެ އިތުރުން ރަޝިއާ ޔޫކްރެއިން ހަނގުރާމާއި ރާއްޖެއިން ކުރިމަތިވި ދަތިތައް ވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެެވެ.

ނަމަވެސް އެ ހުރިހާ ކަަމަކާއެކުވެސް ތަރައްގީގެ މަޝްރޫތައް ހިނގަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ މިއަދު އިންތިޚާބަށް ކުރިމަތިލައިގެން މި ތިބި އިރުގައި އަޅުގަނޑުމެން މި ތިބީ ހިތްހަމަ ޖެހިގެން،”

ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ދެވަނަ ދައުރެއްގައި އައްޑޫސިޓީއަށް ކޮށްދެއްވާނެ ގިނަ ކަންތައްތަކެއްްގެ ވައުދު އެ މަނިކުފާނު ހިތަދޫގައި ބޭއްވުނު ޖަލްސާގައިވަނީ ހާމަކުރައްވާފައެވެ. އެ ކަންމަކީ:

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވިޝަނެއް އެބައޮތްކަމަށެވެ.

ރައީސް ވިދާޅުވީ ހޮޮނިހިރު ދުވަހުގެ ވޯޓަކީ މުހިންމު ވޯޓެއް ކަމަށެވެ. އެގޮތުން އެއީ ތަަރައްގީއާއެކު ކުރިއަށް ދާނީތޯ ނުވަތަ ކުރީ ސަރުކާރުގެ އަނިޔާވެރިކަމާއެކު ދާންވީތޯ ނިންމަން ފުރުސަތު ލިބޭ ދުވަސް ކަމަށެވެ.

“ތިޔަ ބޭފުޅުން ކުރިއަށް ވަޑައިގަންނަވާ،” ރައީސް ވިދާޅުވިއެވެ.

މަސްދަރު ސަން އޮންލައިން

Next: ރައީސު ސޯލިހު، ހުޅުދޫގައި ސަރުކާރުން ތަރައްޤީކުރި އައު ބަނދަރު ހުޅުއްވައިދެއްވައިފި