މީދޫ މަޖުދުއްދީންމަގުގައި ތާރުއެޅުމުގެ މަސައްކަތް އެފްކޮންސް އިން ފަށައިފި

މީދޫ މަޖުދުއްދީންމަގުގައި ތާރުއެޅުމުގެ މަސައްކަތް އެފްކޮންސް އިން ފަށައިފިއެވެ.

މިއަދު މެންދުރު ފަހު މަޖުދުއްދީން މަގުގައި ތާރުއަޅަން ފަށާފައިވާއިރު މިމަގުގައި ތާރު އަޅަމުންދަނީ ވާދުގެ ހުންނަ ހިސާބުން ފަށައިގެން ހުޅަގަށެވެ.

މީދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް އެފްކޮންސް ކުރަމުން އަންނަ މަސަކައްތުގެ ތެރެއިން މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި މަސައްކަތަކީ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިން  އެފްކޮންސް  އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް ހަދާ ބޮޑު ބްރިޖުގެ މަސައްކަތް ވެސް ދިވެހި ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ މި ކުންފުންޏާއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އައްޑޫގެ ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު އެއް ވައުދަކީ އައްޑޫސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމެވެ. އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގަމުންދާ ބޮޑު މަޝްރޫއެވެ.

މި މަޝްރޫއުގައި ގާތްގަނޑަކަށް 40 ކިލޯ މީޓަރުގެ މަގު ޒަމާނީ ފެންވަރަކަށް ހެދުމާއި މަގު ބައްތި ޖެހުމަށް ވަނީ ރާވައިފައެވެ. އަދި އައްޑޫގެ ހުރިހާ ރަށެއްގައި ސީސީޓީވީ ކެމެރާ ހަރު ކުރުމަށް ހަމަޖެހިފައިވެއެވެ. ތާރުއަޅަން ކަނޑައަޅާފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް ލޭޔާ އެޅުމަށް ވަނީ ހަމަޖައްސައިފައެވެ. އެ ލޭޔާގެ ބޭނުމަކީ ފެން ހިންދާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިވުމެވެ.

މީދޫ މަޖުދުއްދީންމަގު -31-8-2023 – މީދޫ މަޖުދުއްދީންމަގުގައި ތާރުއެޅުމުގެ މަސައްކަތް އެފްކޮންސް އިން ކުރިއަށް ގެންދަނީ

މީދޫ މަޖުދުއްދީންމަގު -31 8-2023 – މީދޫ މަޖުދުއްދީންމަގުގައި ތާރުއެޅުމުގެ މަސައްކަތް އެފްކޮންސް އިން ކުރިއަށް ގެންދަނީ

މީދޫ މަޖުދުއްދީންމަގު -31-8-2023 – މީދޫ މަޖުދުއްދީންމަގުގައި ތާރުއެޅުމުގެ މަސައްކަތް އެފްކޮންސް އިން ކުރިއަށް ގެންދަނީ

މީދޫ މަޖުދުއްދީންމަގު -31-8-2023 – މީދޫ މަޖުދުއްދީންމަގުގައި ތާރުއެޅުމުގެ މަސައްކަތް އެފްކޮންސް އިން ކުރިއަށް ގެންދަނީ

މީދޫ މަޖުދުއްދީންމަގު -31-8-2023 – މީދޫ މަޖުދުއްދީންމަގުގައި ތާރުއެޅުމުގެ މަސައްކަތް އެފްކޮންސް އިން ކުރިއަށް ގެންދަނީ

މީދޫ މަޖުދުއްދީންމަގު -31-8-2023 – މީދޫ މަޖުދުއްދީންމަގުގައި ތާރުއެޅުމުގެ މަސައްކަތް އެފްކޮންސް އިން ކުރިއަށް ގެންދަނީ

މީދޫ މަޖުދުއްދީންމަގު -31-8-2023 – މީދޫ މަޖުދުއްދީންމަގުގައި ތާރުއެޅުމުގެ މަސައްކަތް އެފްކޮންސް އިން ކުރިއަށް ގެންދަނީ

މީދޫ މަޖުދުއްދީންމަގު -31-8-2023 –

Next: ފަޅުތަކާއި، ރަށްތައް ވިއްކި ގޮތަށް މާލޭ މަގުތައް ވިއްކާ ހުސްކޮށްފި: ރައީސް