ކޮޕަޑެލްރޭން ރެއަލްމެޑްރިޑް ކަޓައިފި

ލެގަނެސް އަތުން ރޭ 2-1 ން ބަލިވެ، ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުން މަޝްހޫރު ރެއާލް މެޑްރިޑް ކަޓައިފިއެވެ.

އެ ޓީމު މުބާރާތުން ކެޓީ ދެ ލެގުގެ އެގްރިގޭޓުން 2-2 ން އެއްވަރުވެ، އަވޭ ގޯލުގެ ތަފާތުން ލެގަނެސްއަށް ކުރި ލިބުމުންނެވެ. މި މުބާރާތުން ކެޓުމާއެކު މި ސީޒަނުގައި ރެއާލް އަށް މި ސީޒަނުގައި ތައްޓެއް ހޯދުމުގެ ފުރުސަތު އޮތް ހަމައެކަނި މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. ނަމަވެސް ސްޕޭން ލީގުގައި ވެސް ވާދަވެރި ބާސެލޯނާއާ ޕޮއިންޓްގެ ގޮތުން 15 ޕޮއިންޓް ފަހަތުގައި އޮތުމާއެކު ޗެމްޕިއަންސް ލީގަށް ނުކުންނައިރު ޓީމުގެ ފޯމު ވަނީ ދަށްވެފައެވެ.

ލޮލަށް ލިބިފައިވާ ހާނިއްކައަކާ ހެދި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ރޭ ރެއާލް ކުޅުނު މެޗަށް ފަހު ކޯޗު ޒައިނުއްދީން ޒިދާން ބުނީ ކޮންމެ ބަޔަކަށް ދަތި ދުވަސްތައް އަންނާނެ ކަމަށާއި، ރެއާލް އަށް އޮތީ ގަދަ އަޅައި މަސައްކަތް ކުރުން ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރެއާލް ވާދަކުރަން ޖެހޭނީ މޮޅު ކުޅުންތެރިން ގިނަ ފްރާންސްގެ ޕީއެސްޖީއާއެވެ.

Next: ފަހަތުން އަރައި ޗެލްސީ ބަލިކޮށް، އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް އާސެނަލް ދަތުރުކޮށްފި