އެމްއޭސީއެލްގެ މުވައްޒަފުންނަށް 25000 ރުފިޔާގެ ބޯނަސް ދެނީ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ އަހަރީ ބޯނަހުގެ ގޮތުގައި 25000 ރުފިޔާ ދިނުމަށް އެކުންފުނިންގ ނިންމައިފިއެވެ.

އެމްއޭސީއެލްއިން އެކުންފުނީގެ މުވައްޒަފުންނަށް ފޮނުވާފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ މިދިޔަ 2022 ވަނަ އަހަރު އެކުންފުނީގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންނާއި މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން 6 މަސްދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް ބޯނަސް ދިނުމަށް ހަމަޖެހިފައިވަނީ ޕްރޯ ރާޓާގެ އުސޫލުންކަމަށެވެ.

advertisement

މިއުސޫލުގެ ދަށުން ބޯނަސްދޭނީ ޚިދުމަތަށް ނުކުމެފައިވާ ދުވަސްތަކުގެ ނިސްބަތަށް ބަލައިގެންނެވެ. މިގޮތުން ބޯނަހުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 25000 ރުފިޔާ ދިނުމަށް ކުންފުނިން ވަނީ ނިންމާފައެވެ.

އަދި މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި އެމްއޭސީއެލްއިން ދިނުމަށް ނިންމާފައިވާ ފައިސާ މުވައްޒަފުންގެ އެކައުންޓަށް އެންމެ ލަސްވެގެން މިމަހުގެ 13ގެ ކުރިން ޖަމާކުރާނެ ކަމަށް އެކުންފުނިން ބުނެއެވެ. އެމްއޭސީއެލްއިން ބުނީ ބޯނަސްދޭން ކުންފުނިން ނިންމާފައިވީ ނަމަވެސް އެއްވެސް މައްސަލައެއްގެ ސަބަބުން ކުންފުނީގެ ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާ އެއްވެސް މުވައްޒަފަކަށް ބޯނަސް ނުލިބޭނެކަމަށެވެ.

2021 ވަނަ އަހަރުވެސް އަހަރީ ބޯނަސްގެ ގޮތުގައި އެމްއޭސީއެލްއިން ވަނީ ޕްރޯ ރާޓާގެ އުސޫލުން ކޮންމެ މުވައްޒަފަކަށް 25000 ރުފިޔާ ދީފައެވެ. ސަތޭކަ ޕަސެންޓް ސަރުކާރު ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އަންނަ އެމްއޭސީއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.

advertisement
Next: އައްޑޫ ސިޓީއަށް މުދާ އުފުލުމަށް އެމްއެސްއެސްއިން ބޯޓެއް ގަންނަނީ