ރަނިންމޭޓް، އައްޑޫ އަސްލަމަށް ޝާހިދުގެ ތައުރީފް; އަސްލަމަކީ އިޚުލާސްތެރިއެއް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް ކަމަށް ހަމަޖެއްސެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަކީ އިހުލާސްތެރިއެއް ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އަސްލަމަކީ އިޚްލާސްތެރިއެއް ކަމަށާއި އެއީ ކުޅަދާނަ، ތަޖުރިބާކާރު އަދި ޚިދުމަތްތެރި ބޭފުޅެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އަސްލަމާއެކު ދިގު މުއްދަތެއްގައި މަސައްކަތްކުރަން ފުރުސަތު ލިބިވަޑައިގެންނެވުމަކީ ހިތްހަމަޖެހުމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

“ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އަސްލަމް މި އިންތިޚާބު ކާމިޔާބުކުރައްވާ ދިވެހިން މިއެދޭ އުފާވެރި، އަމާން، ރާއްޖެއަށް ދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް،”

ޝާހިދު ވިދާޅުވި އެވެ.

އަސްލަމަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގުުރޫޕްގެ ލީޑަރެވެ. ރަނިންމޭޓަކަށް ކަނޑައަޅަން ނިންމެވުމުން އަސްލަމް މިހާރު ވަނީ ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅުއްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަސްލަމް ފުރުއްވާތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ

advertisement
Next: ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާއަށް ތައްޔާރުކުރި ހަރުގޭގައި ރޯކޮށްލައިފި