ފުވައްމުލަކުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކު ސިޓީގައި ރޭ ދަންވަރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 00:30 ހާއިރު ފުވައްމުލަކު ސިޓީގައި ހިނގި މާރާމާރީއެއްގައި 36 އަހަރު ދިވެހި ފިރިހެނަކު ޒަޚަމްކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 2 މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޒަޚަމްކޮށްލި މީހާއަށް ފުރަތަމަ ފަރުވާދިނީ ފުވައްމުލަކު ހޮސްޕިޓަލުގައެވެ. އޭނާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެންގޮސްފައެވެ.

Next: ރިޔާސީ އިންތިޚާބަށް ދާނީ އެއް ލައްކަ ވޯޓާއެކު: ރައީސް