ފުވައްމުލައް ސިޓީގެ ގިރާ ސަރަހައްދަށް ހިލަ ގެންދިޔަ ބާޖު ފަރަށް އަރައި، އަރި އަޅާލައިފިއެވެ.
މިހާރު އާއްމުވެފައިވާ ފޮޓޯތަކުން ފެންނަނީ އެ ބާޖު އަރިއަޅާލާފައި އޮތް ތަނެވެ.ފުވައްމުލަކު ސިޓީ ކައުންސިލުން ބުނި ގޮތުގައި ފުވައްމުލަކުގެ ގިރަމުންދާ ސަރަހައްދުގައި ތޮށިލުމަށް ގެންދިޔަ ހިލަތައް ބަރުކޮށްފައިވާ ބާޖު ވަނީ ފަރަށް އަރާފައެވެ. ބާޖު ފަރަށް އަރާފައި ވަނީ އެ ސިޓީގެ ބަނދަރަށް ވަންނަ ނެރާއި ދިމާއިންނެވެ.
ހިލަ ބާޖު ފަރަށް އަރާފައި — ސިޓީ ކައުންސިލްގެ ފޮޓޯއެއް
ކައުންސިލުން ބުނި ގޮތުގައި ބާޖު ފަރަށް އެރުމުގެ ސަބަބުން ވަރަށް ބޮޑަށް އަރިއަޅާލާ ބައެއް ހިލަތައް ވަނީ މޫދަށް ފައިބާފައިވާއިރު ބާޖުގެ ބައެއް ވެސް އޮތީ އަޑީގައިކަމަށްވެސް ކައުންސިލުންބުނެފައިވެއެވެ.
ބާޖު ފުން ކުރުމުގެ މަަސައްކަތް ކުރަމުންދާ ކަަމަށް ވެސް ކައުންސިލުން ބުންޏެވެ.
ފުވައްމުލަކުގެ ގިރަމުންދާ ސަރަހައްދުގައި ތޮށިލުމުގެ މަސައްކަތް ކުރަނީ ހޯގާޑް ކުންފުނިންނެވެ.