ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓް- 5 ވަނަމެޗްވެސް އައްޑޫސިޓީ ޕޮލިސް ކާމިޔާބުކޮށްފި

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެ 5 ވަނަ މެޗްވެސް އައްޑޫސިޓީ ޕޮލިސްޓީމު ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު މީދޫ އިޖުތިމާއީމަރުކަޒުގެ ވޮލީކޯޓްގައި ކުޅެވުނު މިމެޗް އައްޑޫސިޓީ ޕޮލިސް ކާމިޔާބުކޮށްފައިވަނީ ގއ. ޕޮލިސްއާއި ވާދަކޮށް ދެސެޓް އެއްސެޓުންނެވެ.

ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަސެޓް އައްޑޫސިޓީ ޕޮލިސް ކާމިޔާބުކުރީ 25-19 އިންްނެވެ. އެހެންނަމަވެސް ދެވަނަސެޓް ވާދަވެރި ފޯރިގަދަ ކުޅުމަކަށްފަހު 25-16 އިން ކާމިޔާބުކުރީ ގއ. ޕޮލިސްޓީމެވެ. މިސެޓްގެ ކުޅުމުގައި ގއ. ޕޮލިސްޓީމު 11 ޕޮއިންޓް ހޯދިއިރު އައްޑޫޕޮލިސްޓީމަށް ޕޮއިންޓެއް ނުލިބޭކަން ފާހަގަކޮށްލަންޖެހެއެވެ.

ގއ. ޕޮލިސްޓީމު – ގއ. ޕޮލިސްޓީމު އައްޑޫސިޓީ ޕޮލިސް ޓީމާ ބައްދަލުކޮށް ކުޅުނުމެޗުން ބަލިވީ ވާދަވެރި ކުޅުމަކަށްފަހު 2 ސެޓް 1 ސެޓުން

މިމެޗްގެ 3 ވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 15- 12 އިން ކާމިޔާބުކޮށް އައްޑޫސިޓީ ޕޮލިސްޓީމުވަނީ މެޗްކާމިޔާބުކޮށްފައެވެ.

މީދޫ ކާމިނީވާދީ ޚަދީޖާ ދޮންދީދީ ޝަރަފްވެރިކޮށްދެއްވި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ  އައްޑޫ  ޕޮލިސް ޓީމުގެ ލިސީއެވެ.  

މިމެޗުން މޮޅުވި އައްޑޫސިޓީ ޕޮލިސްޓީމު މިމުބާރާތުގައި ޕޮއިންޓް ސިސްޓަމަށް ކުޅުނު 3 މެޗްގެ ތެރެއިން 2 މެޗުން މޮޅުވެ 1 މެޗުންވަނީ ބަލިވެފައެވެ. މިމެޗްގައި ބަލިވި ގއ. ޕޮލިސްޓީމު މިމުބާރާތުގައި ޕޮއިންޓް ސިސްޓަމަށް އެ ތިންމެޗުންވެސްވަނީ ބަލިވެފައެވެ.  

މިމުބާރާތަކީ އައްޑޫސިޓީ ޕޮލިސް ރިކްރިއޭޝަން ކުލަބު ސައުތު ބްލޫޒް އިން ، އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ.

Next: ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓް- 6 ވަނަމެޗް ފުވައްމުލަށް ޕޮލިސް ކާމިޔާބުކޮށްފި