ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.

”އަހުރެން މިއަދު 21 ޖޫން 2023 ވީ ބުދަ ދުވަހު ތިޔަ ޕާޓީގެ މެމްބަރުކަމުން ވަކިވެއްޖައީމެވެ.“

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް އަޙްމަދު ރަޝީދު ލިޔުއްވި ސިޓީގައިވެއެވެ.

ނަމަވެސް އެމްޑީޕީން ވަކިވެވަޑައިގެންނެވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި މުޙައްމަދު ނަޝީދު ވެސް މިއަދު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.

ެމެންބަރު އަޙްމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު, މީގެކުރިން އެމްޑީޕީގެ 12 މެމްބަރަކު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.

Next: މިއަދަކީ ހިތާމަވެރި ދުވަހެއް، ރައީސް ނަޝީދަށް ކާމިޔާބީއަށް އެދެން: ފައްޔާޒް