މޫދާއި ކަނޑަށް ކުނިއެޅުން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން މުޅި ރާއްޖޭގައި އައްސޭރިފަށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް ހިންގުމަށް ހަމަޖެހިއްޖެއެވެ.
“މޯލްޑިވްސް ފޯ ދި އޯޝަންސް” މި ނަމުގައި ކުރިއަށްގެންދާ މި ހަރަކާތަކީ ޕާލޭ މޯލްޑިވްސްއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހާގުޅުވައިގެން ކުރިއަށްގެންދާ މި ސާފުކުރުމުގެ ހަރަކާތް ކުރިއަށްދާނީ މާދަމާ ހެނދުނު 6 އިން އިރުއޮއްސި 6 ޖެހުމާއި ހަމައަށެވެ.
ރިސޯޓްތައްވެސް ހިމެނޭހެން މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ 250 އަށްވުރެ ގިނަ ރަށުގައި ބީޗްކްލީނަޕް ނުވަތަ އައްސޭރިފަށް ސާފުކުރުމުގެ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަންކަން ހިނގަމުންދާއިރު، ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމް މެދުވެރިކޮށް ހެނދުނު 6 އިން އިރުއޮއްސި 6 އަކަށް ޓެލެތޯނެއްގެ ސިފައިގައި މި ހަރަކާތްތަކުގެ މަންޒަރުތަކާއި، މިކަންކަމާގުޅޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ.
ޕާލޭ މޯލްޑިވްސްއިން ބުނިގޮތުގައި މި ހަރަކާތުގައި މައިގަނޑު 4 އިވެންޓުގައި ކަނޑުވެށި ރައްކާތެރިކުރުމާގުޅޭ އައު ރެކޯޑްތަކެއް ޤާއިމުކުރުމަށް ވަނީ އަމާޒުކޮށްފައެވެ. އަދި މި އަމާޒުތަކަށް ވާޞިލުވަމުންދާ މިންވަރު ޓީވީ، ރޭޑިއޯއާއި ސޯޝަލް މީޑިއާގައި ވަގުތުން ހިއްސާކުރަމުންދާނެކަމަށްވެސް މިކަން އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.
“މޯލްޑިވްސް ފޯ ދި އޯޝަންސް” ގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި، ތިމާވެއްޓާއި ކަނޑުފަޅު ޚިމާޔަތްކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަށް “އޯޝަން ޕްލެޖް” ވައުދުގައި ބައިވެރިވުން، އައްސޭރިފަށް ސާފުކުރުން، މާކަނޑުތަކާބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބާއްވާ “އޯޝަން ލެސަން”ގެ އިތުރުން، ކަނޑުއަޑި، ފަޅުތެރެ އަދި ފަރުމަތި ސާފުކުރުމަށް ހިންގާ “އަންޑަރވޯޓަރ ކްލީނަޕް” ހަރަކާތް ހިމެނެއެވެ.
“އޯޝަން ޕްލެޖް” ހަރަކާތުގެ އަމާޒަކީ ރާއްޖެއާއި ރާއްޖޭން ބޭރުން 10،000 އަށްވުރެ ގިނަ މީހުން ވައުދުގައި ބައިވެރިވުމެވެ. “ބީޗް ކްލީނަޕް”ގެ އަމާޒަކީ ރާއްޖޭގައި 50،000 އަށްވުރެ ގިނަ މީހުން އައްސޭރިފަށް ސާފުކުރުމުގައި ބައިވެރިވުމެވެ. އަދި “އަންޑަރވޯޓަރ ކްލީނަޕް” ހަރަކާތުގައި އަމާޒުކުރާ ރިކޯޓަކީ އެއްފަހަރާ 1000 އަށްވުރެ ގިނަ މީހުން ފީނައިގެން 1000 އަށްވުރެ ގިނަ މީހުން ސްނޯކަލްކޮށްގެން ސާފުކުރުމުގެ މި ހަރަކާތުގައި ބައިވެރިވުންކަމަށްވެސް ޕާލޭ މޯލްޑިވްސްއިން ބުނެއެވެ.
ޖިއޯބޭގް ޖަހާފައިވާ ސަރަހައްދުގެ ގޮޑުދޮއް ސާފް ކުރުމަށް މީދޫ ނަލަފެހިއާއި އަތޮޅުމަދަރުސާ ގުޅިގެން ކުރިއަށް ގެންދެވުނު ސާފް ކުރުމުގެ ހަރަކާތް