ހުޅުދޫ މާފިށި ޓޫރިޒަމް ޒޯން: ރާއްޖޭގެ ދެކުނުގައި ކުރިއަރަމުން އަންނަ ޒަމާނީ އިގްތިސާދަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް – ފޮރިންގ މިނިސްޓަރ

އައްޑޫ ސިޓީ ހުޅުދޫ މާފިށި ޓޫރިޒަމް ޒޯން އިފްތިތާހު ވެގެން ދިއުމީ އައްޑޫ ސިޓީ ރާއްޖޭގެ ދެކުނުގައި ކުރިއަރަމުން އަންނަ އަދި ޒަމާނީ އިގްތިސާދީ މަރުކަޒަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަމުގައި ފޮރިންގ މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެވެ.

ޝާހިދު މިހެން ވިދާޅުވީ ހުޅުދޫ މާފިށި ޓޫރިޒަމް ޒޯން އިފްތިތާހުކުރުމަށް މާފިށި ޓޫރިޒަމް ޒޯންގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ޝާހިދު އިތުރަށް ވިދާޅުވީ މިޓޫރިޒަމް ޒޯން ބޭނުން ކުރަންފައި އޭގެ ފައިދާ ލިބެން ފެށުމުން އައްޑޫ ސިޓީ އަށް އިގްތިސާދީ އާރޯކަމާއި ހަލުވި ތަރައްގީ ލިބި އައްޑޫ ރައްޔިތުން ދެކޭ ހުވަފެން ހަގީގަތަކަށް ވެގެންދާނެކަން ޔަގީން ކުރައްވާ ކަމަށެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ސަރުކާރުން ވަނީ ފަތުރުވެރިކަމަށް ޚާއްސަ 7000 އެނދާއެކު އައްޑޫ ސިޓީގައި ޓޫރިޒަމް ޒޯންތައް ތަރައްގީކޮށްފައެވެ.

މިގޮތުން ހުޅުދޫގެ ޓޫރިޒަމް ޒޯންގެ އިތުރަށް އައްޑޫ ސިޓީގެ ފޭދޫ، މީދޫ، ހިތަދޫ އަދި މަރަދޫގައި އީކޯ ޓޫރިޒަމް ޒޯން ގާއިމު ކުރުމަށް  އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ހިލޭ އެހީގެ ދަށުން 2.49 މިލިއަން ޑޮލަރު، (38 މިލިއަން ރުފިޔާ) ވަނީ ހޭދަ ކުރެވިފައެވެ.

ހުޅުދޫ ޓޫރިޒަމް ޒޯން އިފްތިތާހުކޮށް ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އައްޑޫގެ މޭޔަރު އަލީ ނިޒާރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވީ މުރަލީދަރަންގެ އިތުރުން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއެވެ.

ހުޅުދޫ މާފިށި ޓޫރިޒަމް ޒޯން-  ޖޫން 6 ގައި ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

ހުޅުދޫ މާފިށި ޓޫރިޒަމް ޒޯން-  ޖޫން 6 ގައި ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

ހުޅުދޫ މާފިށި ޓޫރިޒަމް ޒޯން-  ޖޫން 6 ގައި ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫގެ 11 މަގެއްގައި ތާރުއަޅަން ހަމަޖައްސައިފި

އައްޑުއަތޮޅު ހިތަދޫގެ 11 މަގެއްގައި ތާރު އަޅައިގެން އެމަގުތައް ހަދަން ނިންމާ އެމަގުތަކުގެ ތެރެއިން ބައެއް މަގުތަކުގެ މަސައްކަތް ...

ފޮޓޯއިން ޚަބަރު : މިމަގުގެ ވާހަކަ ދައްކަންޖެހޭ

ވާރޭ ވެހޭ ކޮންމެ ފަހަރަކު މީދޫ މަޖުދުއްދީން މަގުގައި ފެންބޮޑުވެ، ފެން ނުހިނދި ދިގުލައިގެންދާތީ އެކަމުގެ އުދަގޫ އެމަގުގެ ...

ހިތުގައި ވިންދުހިގާހާ ހިދަކު އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓާނަން- ނަޝީދު

ހިތުގައި ވިންދުހިގާހާ ހިދަކު އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓާނެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ...