ގައުމީ ގަދަ ދިހައެއްގައި އައްޑޫ ހައިސްކޫލުގެ 55 ދަރިވަރަކު، އަދި ދެދަރިވަރަކު ދުނިޔޭގެ ރޭކިންގައި ހިމެނުނު

މަތީ ސާނަވީ އިމްތިހާނުގައި އައްޑޫ ހައި ސްކޫލުން ބައިވެރިވި ކުދިންގެ ތެރެއިން 55 ކުދިން ައުމީ ގަދަ ދިހައެއްގައި ހިމެނިއްޖެއެވެ.

އައްޑޫ ހައިސްކޫލްގެ 55 ދަރިވަރުން ގައުމީ ގަދަ ދިހައެއްގައި ހިމެނުނުކަން ހާމަކޮށްފައިވަނީ 2021 -2022 ގެ މަތީ ޘާނަވީ ތައުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލްކުރި ދަރިވަރުންނަށް “މަތީ އަރުތަވެރިންގެ އިނާމް” ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މިރަސްމިއްޔާތުގައި  އައްޑޫ ހައި ސްކޫލުން އޭ ލެވެލްގައި އަދި އެޗްއެސްސީ އިމްތިހާނުގައި ބައިވެރި ކުދިންގެ ތެރެއިން 55 ދަރިވަރަކު ގަދަ ދިހައެއްގައި ހިމެނިގެން ވަނީ އިނާމް ލިބިފައެވެ.

މީގެ އިތުރުން އެސްކޫލުގެ ދެ ދަރިވަރަކު ވަނީ ދުނިޔޭގެ ރޭންކިންގައި ވެސް ހިމެނިފައެވެ. އެއީ ބައިލޮޖީ މާއްދާއިން ދުނިޔޭގެ 2 ވަނަ ހޯދި ފަތިމަތު ނަބާހާ ހުސެއިންއާއި އެކައުންޓް މާއްދާއިން ދުނިޔޭގެ ރޭންކިންގެ 3 ވަނަ ހޯދި އަހުމަދު ޒަޔާން މުހައްމަދެވެ. މި ދެކުދިން ވަނީ ޕިއާސަން އައުޓް ސްޓޭޑިންގް ލާނަރ އެވޯޑު ހާސިލުކޮށްފައެވެ.

މީގެ އިތުރަށް އައްޑޫ ހައި ސްކޫލުގެ 4 ދަރިވަރަކު ވަނީ އޭ ލެވެލް 3 މާއްދާއިން އޭ ސްޓާރ ހޯދައި ޕިއާސަން އެކްސެލެންސް އެވޯޑު ހޯދާފައެވެ. އެކުދިންނަކީ ދުނިޔޭގެ ރޭންކިންގައި ހިމެނުނު ނަބާހާ އަދި ޒަޔާންގެ އިތުރުން ފަތިމަތު ހަމްދާ ނަސީރު އަދި ނުއެއިމާ ނަސީމްއެވެ. އައްޑޫ ހައި ސްކޫލަކީ އައްޑޫގައި މަތީ ސާނަވީއަށް އައްޑޫގެ ހުރިހާ އަވަށަކުންވެސް ދަރިވަރުން ކިޔަވަމުންދާ ސްކޫލެކެވެ.

މަތީ ސާނަވީ އިމްތިހާނުގައި އައްޑޫ ހައި ސްކޫލުން ބައިވެރިވި ކުދިންގެ ތެރެއިން ގަދަ ދިހައެއްގައި ހިމެނުނު 55 ދަރިވަރުން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކަރަންޓީނުކޮށްފައިހުރި ގެއަކަށް ޒުވާނުން ވަދެ ނިކުމެ ހެދުމަކީ ވަރަށްދެރަކަމެއް – އަލީ ނަޒީރު

މީދޫގައި ކޮވިޑާއިގުޅިގެން ހޯމް ކަރަންޓީން ކޮށްފައިވާ ގެއަކަށް ޒުވާނުން ވަދެނިކުމެ  ހެދުމަކީ ވަރަށްދެރަކަމެއްކަމަށްބުނެ ” އަލީ ނަޒީރު ” ...

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް 5000 ރުފިޔާއަށް ބޮޑުކުރާނަން- ރައީސް

ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެއްވާ އިނާޔަތް ފަސް ހާސް ރުފިޔާއަށް ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ...

“އޭޝިއަން ރޯވިންގް ފޯ އޯލް” ކޮމިޓީގެ ގޮނޑިއެއް ރާއްޖެއަށް ލިބިއްޖެ

“އޭޝިއަން ޜޯވިންގް ފޯ އޯލް” ކޮމިޓީގެ ގޮނޑިއެއް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. މި މަހުގެ ކުރީކޮޅުގައި ޗައިނާގެ ބެއިޖިންގް ގައި ...