ފެނަކައިން މިހާތަނަށް، 61 އޮފީސް ޢިމާރާތާއި 48 އިންޖީނުގެ ޢިމާރާތްކޮށްފި: ރައީސް

މުޅި ރާއްޖޭގައި ފެނަކައިން މިހާތަނަށް، 61 އޮފީސް ޢިމާރާތާއި 48 އިންޖީނުގެ ޢިމާރާތްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފ. ބިލެތްދޫ ފެނަކަ އާ އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ފ. ބިލެތްދޫ ބަނދަރު ސަރަޙައްދުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބިލެތްދޫގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިމި ރައްޔިތުންނަށް ބޭނުންވާ އަސާސީ ގިނަ ޚިދުމަތްތަކެއް ފުރިހަމަވެގެންދާއިރު، ރަށުގައި ތިބެ މަސައްކަތްކޮށް އިތުރު އިންވެސްޓްތައް ކުރުމަށް އުންމީދުކުރާ ފަރާތްތަކަށް، އެކަންކަމުގެ ސަބަބުން އެކި ފުރުޞަތުތަކަށް މަގުފަހިވެގެން ދާނެ ކަމަށެވެ. މީގެ އިތުރުން ބިލެތްދޫ އާއި ދާދިގާތުގައި މަގޫދޫގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ އެއަރޕޯޓުގެ ފައިދާ މުޅި އަތޮޅަށް ލިބިގެންދާނެ ކަމަށެވެ. އަދި ފ. އަތޮޅުގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެގެންދާނެކަން ފާހަގަކުރައްވައި، އެކަމާއި ދޭތެރޭގައި ރައްޔިތުން ވިސްނާ އެކަމަށް އިންވެސްޓްކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ސަރުކާރުން އެފަދަ މަޝްރޫޢުތަކަށް އަމާޒުކޮށްގެން ލުއިލޯނުތަކެއް ދެއްވަމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއަރޕޯޓެއް އެއަރޕޯޓެއްގެ ގޮތުގައި ހިންގޭނީ އެއާ ގުޅިފައި ހުރި އެހެން ކަންތައްތަވެސް ކުރެވިގެން ކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބިލެތްދޫ ކަރަންޓްގެ ޙާލަތުގެ ތާރީޙަށާއި، ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ހިންގެމުންދާ މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، މުޅި ރާއްޖޭގައި ފެނަކައިން މިހާތަނަށް، 61 އޮފީސް ޢިމާރާތާއި 48 އިންޖީނުގެ ޢިމާރާތްކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ބިލެތްދޫގައި ހިންގަމުންދާ މަޝްރޫޢުތަކާއި ކުރިޔަށް ރޭވިފައި ހުރި މަޝްރޫޢުތައް ވެސް ހާމަކުރައްވާފައެވެ. އެގޮތުން ބިލެތްދޫގެ ބަނދަރުހެދުމުގެ މަޝްރޫޢާއެކު ބިންހިއްކުމުގެ މަސައްކަތްވެސް ކުރިޔަށް ދާނެކަމަށާއި، ސެލްފް ސަރވިސް އޭޓީއެމް ބަހައްޓާ 10 ރަށުގެ ތެރޭގައި ބިލެތްދޫ ހިމެނިފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޯވިޑް-19 އާއި ގުޅިގެން ބިލެތްދޫގެ ރައްޔިތުން ތަޙައްމަލު ކުރަންޖެހުނު ކަންކަމާއި ކޯވިޑްގެ ދަތި ޙާލަތުން އަރައިގަތުމަށް ސަރުކާރުން ކުރެއްވި މަސައްކަތާއި އަވަށްޓެރި ޤައުމުތަކުގެ ތަޖުރިބާތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައި ލެއްވިއެވެ.

ފ. ބިލެތްދޫ ފެނަކަ އާ އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ އޮފީސް ޢިމާރާތް ބައްލަވާލައްވާފައެވެ. ބިލެތްދޫގައި ކުރިން ހުރި 24 އަހަރުވީ އިންޖީނުގެ ހުރީ ރަށުގެ ސްކޫލު ކައިރީގައި ނަމަވެސް އާ އިންޖީނުގެއާ އޮފީސް ޢިމާރާތް ބިނާކޮށްފައިވަނީ ރަށުގެ ބަނދަރު ސަރަޙައްދުގައެވެ. އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެއާއި އޮފީސް ޢިމާރާތަކީ އެންމެ މިޒަމާނުގެ ފެންވަރަށް ބިނާކޮށްފައިވާ ތަނެކެވެ. އިންޖީނުގޭގެ އޮފީސް ޢިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ މިހާރުވަނީ ތަނަވަސް ކުރެވިފައެވެ.

ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވުމަށްފަހުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ބިލެތްދޫ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލު ހުޅުއްވައި ދެއްވައި ޢިއްޒަތްތެރިން ސޮއެކުރައްވާ ފޮތުގައި ސޮއެކުރައްވާފައެވެ.

ފ. ބިލެތްދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލަކީ، މި ދައުރުގައި ޢިމާރަތްކޮށް ނިމުނު 15 ވަނަ މަލްޓިޕަރޕަސް ހޯލެވެ. މި ދައުރުގަ މިހާތަނަށް އައިއިރު ތަޢުލީމީ ދާއިރާގައި މަދަރުސާ ތަކަށް ޢުމްރާނީ ތަރައްޤީ ގެނައުމަށް މުޅިއެކު 247 މަޝްރޫޢު ދަނީ ހިންގެމުންނެވެ. އޭގެ ތެރޭގައި ޖުމްލަ 1716 ކްލާސްރޫމާއި، 92 މަލްޓިޕާރޕަސް ހޯލާއި 563 އެހެނިހެން ޢިމާރާތްތަކުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

14-4-2020 ގައި އެއަރބަސް އިން ގަމަށް ދަތުރުކުރި އެންމެންނާ އެމީހުންނާ ކޮންޓެކްޓްވި އެންމެން ގޭގައި މަޑުކޮށްދެއްވާ

14 އެޕްރީލް 2020 ވަނަ ދުވަހު އިރުއޮއްސި 18:30 ގައި ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި މޯލްޑިވިއަންގެ އެއަރބަސް ...

ރައީސް ޞާލިޙްގެ ކެންޑިޑަސީ ފޯމު އިލެކްޝަނަށް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އިލެކްޝަނަ ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ. ރައީސްގެ ފޯމާއެކު އީސީ ...

އެކްސިޑެންޓްގެ މައްސަލައަކާ ގުޅިގެން މުހުއްމާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

އެކްސިޑެންޓަކާއި ގުޅިގެން މުހައްމަދުދީދީ ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ. ފުލުހުންގެ ވެބްސައިޓްގައި  ހާމަކޮށްފައިވަނީ  ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓަށް ...