” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ” ފުޓްބޯޅަ މުބާރާތުގައި ރޭ ތިން މެޗް ކުޅެވުނެވެ.
މިގޮތުން ރޭ ކުޅެވުނު ފުރަތަމަމެޗް ކާމިޔާބުކުރީ އެފްސީ ޒެފިޔާއެވެ.
އެފްސީ ޒެފިޔާ މިމެޗް ކާމިޔާބުކޮށްފައިވަނީ ވައިކިންގު އެފްސީއާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުންނެވެ.
މިމެޗްގައި ޒެފިޔާއިން ކާމިޔާބުކުރި ލަނޑު ކާމިޔާބުކޮށްދިނީ ޝާޝް ޝަރީފެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް މިމެޗްގައި ޒެފިޔާ މިމެޗްގައި މޮޅުވި ލަނޑު ކާމިޔާބުކޮށްދިން ޝާހު ޝަރީފެވެ.

ވައިކިންގުއާއި ޒެފިޔާ ބައްދަލުކުރިމެޗްގެ މޮޅުކުޅުންތެރިޔާ: ޝާޝް ޝަރީފް
މިމެޗުން ޒެފިޔާ މޮޅުވުމުން 7 ޕޮއިންޓާއެކު ގްރޫޕްގެ 3 ވަނަ ލިބިގެން އެޓީމް ވަނީ ކުއާޓާފައިނަލަށް ހޮވިފައެވެ. މިމެޗުން ދެރަވި ވައިކިންގު ވަނީ މުބާރާތުން ކަޓާފައެވެ.
މިމުބާރާތުގައި ރޭ ކުޅެވުނު ދެވަނަ މެޗް ކާމިޔާބުކުރީ ހިތަދޫ އެސްކޭޕީ ޔުނައިޓެޑެވެ.
އެސްކޭޕީ ޔުނައިޓެޑް މިމެޗް ކާމިޔާބުކުރީ ކެނެރީފާ ބައްދަކުކޮށް 2 ލަނޑު 1 ލަނޑުންނެވެ.
މިމެޗްގައި ކެނެރީފްގެ ލަނޑު އައިމަން ނަޒީރު ކާމިޔާބުކޮށްދީފައިވާއިރު އެސްކޭޕީ ޔުނައިޓެޑްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިސްމާއީލް އަލްފް އާއި މުހައްމަދު މުޒައްމިލެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެސްކޭޕީ ޔުނައިޓެޑްގެ މުހައްމަދު ސާޖިދެވެ.

ކެނެރީފާއި އެސްކޭޕީ ޔުނައިޓެޑް ބައްދަލުކުރިމެޗްގެ މޮޅުކުޅުންތެރިޔާ: ސާޖިދު
މިމެޗުން އެސްކޭޕީ ޔުނައިޓެޑް މޮޅުވުމުން 5 ޕޮއިންޓާއެކު ގްރޫޕްގެ 3 ވަނަ ލިބިގެން އެޓީމް ވަނީ ކުއާޓާފައިނަލަށް ހޮވިފައެވެ. މިމެޗުން ދެރަވި ކެނެރީފް ވަނީ މުބާރާތުން ކަޓާފައެވެ.
މިމުބާރާތުގައި ރޭ ކުޅެވުނު 3 ވަނަމެޗް ކާމިޔާބުކުރީ ކްލަބް ލޮތާރިއެވެ.
ލޮތާރި މިމެޗް ކާމިޔާބުކުރީ ދެކުނު އެފްސީއާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައި ލޮތާރިން ކާމިޔާބުކުރި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ސަބާހުއެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލޮތާރި ޓީމްގެ ހަސަން ސަހާފެވެ.

ދެކުނު އެފްސީއާއި ލޮތާރި ބައްދަލުކުރިމެޗްގެ މޮޅުކުޅުންތެރިޔާ: ސަހާފް
މިމެޗުން ލޮތާރި މޮޅުވުމުން 8 ޕޮއިންޓާއެކު ގްރޫޕްގެ 2 ވަނަ ލިބިގެން އެޓީމް ވަނީ ކުއާޓާފައިނަލަށް ހޮވިފައެވެ. މިމެޗުން ދެރަވި ދެކުނު އެފްސީ ވަނީ މުބާރާތުން ކަޓާފައެވެ.
މިމުބާރާތުގައި ރޭ ކުޅެވުނު މެޗްތަކާއެކު މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ވަނީ ކުޅެނިމިފައެވެ.
އެހެންކަމުން މިރޭ މިމުބާރާތުގެ ކުޅުމެއް ނޯންނާނެއެވެ.
މިމުބާރާތުގެ ކުއާޓާފައިނަލްމެޗްތަކުގެ ކުޅުން އޮންނާނީ މާދަމާ ރޭގައެވެ.

advertisement
ކޮމެންޓްސް (0)