ޕޯސްޓު މެދުވެރިކޮށް އައްޑޫއަށް ފޮނުވަން އުޅުނު މަސްތުވާތަކެތި ތަކެއް އަތުލައިގެންފި

ޕޯސްޓު މެދުވެރިކޮށް އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު 890 ގުރާމުގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން މި ތަކެތި އަތުލައިގަނެވިފައި ވަނީ އައްޑޫ ސިޓީ އަށް ގެންދިޔަ ޕަރުސަލް އަކާއި މެދު، އެ ތަނުގައި ހަރަކާތްތެރިވަމުން ދިޔަ ކަސްޓަމްސް އޮފިސަރުންނަށް ޝައްކު އުފެދިގެން ތަކެތީގެ ވެރިފަރާތުގެ ހާޒިރުގައި ބަލާފަސްކުރުމުގެ ތެރޭގައެވެ. އަދި މި ޕާރސަލް އިން ފެނުނު ތަކެތި ތަހުލީލު ކުރިއިރު، މި ތަކެތި ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ، މި ޕާރސަލްގެ ވެރިފަރާތް ހިފަހައްޓާ މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

Next: ރައީސް ޔާމީން ވައުދެއްވެއްޖެނަމަ އެވަޢުދެއް ފުއްދަވާނެ