ޣީބަބުނުމާއި ، ނެތިމޮށުމާއި ، ފުރައްސާރަކުރުމާއި ، މަލާމާތްކުރުމަކީ ބޮޑުވެގެންވާފާފަތައް – ހުކުރު ޚުޠުބާ

ޣީބަބުނުމާއި ، ނެތިމޮށުމާއި ، ފުރައްސާރަކުރުމާއި ، މަލާމާތްކުރުމަކީ ބޮޑުވެގެންވާފާފަތައް ކަމަށާ ފާފައަކީ އޭގެ ނުބައިކަން އިންތިހާއަށް ބޮޑު އެއްޗެއްކަން މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ވަނީ ޝައިތާނާ މާތްﷲ ގެ ރަހުމަތުން ބޭރުކުރެވި، ލަޢުނަތް ލެއްވުނީ ފާފައިގެ ސަބަބުން ކަމަށާއި ޢާދު ބާގައިގެ މީހުންނާއި ޘަމޫދު ބާގައިގެ މީހުންނާއި ޝުއައިބުފާނުގެ ގައުމުގެ މީހުން ހަލާކު ކުރެއްވީ ފާފައިގެ ސަބަބުންކަން ވެސް ޚުޠުބާގައި ބުނެފައިވެއެވެ.  އަދި ލޫތުގެފާނުގެ ގައުމުގެ މީހުންގެ މައްޗަށް އެބައިމީހުންގެ ރަށް އުފުއްލަވައި، ބަންޑުން ޖައްސަވައި، އަލިފާނުން ދޮން ކުރެވިފައިވާ ހިލައިގެ ވާރޭ ވެއްސަވައި، ފިރުޢައުނާއި އޭނާގެ ލަޝްކަރު ޣަރަގު ކުރެއްވީ ވެސް ފާފައިގެ ސަބަބުން ކަމަށްވެސް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޤާރޫނު ބިމުގެ އަޑިއަށް ގަންބަވާލެއްވީ ވެސް ފާފައިގެ ސަބަބުންކަން ކަމަށާ  ފާފައަކީ އޭގެ ސުންޕާކަން އެކަންކުރާ މީހާއަށާއި މުޅި މުޖުތަމައަށް ކުރިމަތިކުރުވާ އެއްޗެއް ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

“ފާފައިގެ ސަބަބުން މުޅި މުޖުތަމައު ނުރައްކަލަކަށް ހުށަހެޅެއެވެ. ދިރިއުޅުމުގެ ހަޔާތް ނާމާން ވެއެވެ. ބިންމަތި ފަސާދަ ވެއެވެ. މުޖުތަމައުގައި ބިރުވެރިކަން އުފެދެއެވެ. ފާފައަކީ އޭގެ ސަބަބުން މާތްﷲ ގެ ކޯފާއާއި އަޒާބަށް ހުށަހެޅޭ ކަމެކެވެ. އަމަން އަމާންކަން ގެއްލި، ބިރުވެރިކަމާއި ނާމާންކަން ފެތުރެއެވެ.” ހުތުބާގައި ބުނެފައި ވެއެވެ.

“ފާފައިގެ އަޘަރު” މި މައުޟޫއަށް ކުރިއަށްގެންދިޔަ ހުތުބާގައި، ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިމަޑުކަމާއި ވަބާތަކާއި މެދު ވިސްނާލައިފިނަމަ، އޭގެ އެންމެ ނުރައްކާތެރި އެއް ވަބާއަކީ ނަހަމަގޮތުގައި ހިންގޭ ޖިންސީ ގުޅުމުގެ ސަބަބުން ޖެހޭ ބަލިތައްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން މިފަދަ ބަލިތައް ފެތުރެނީ އިންސާނުން އަމިއްލައަށް ކުރާ ނުބައި އަމަލުތަކުގެ ސަބަބުން ކަމަށާއި އެއްޖިންސުން ގުޅުން ހިންގުމާއި  ކައިވެނިން ބޭރުގައި ހިންގޭ ބަދު އަޚުލާގީ އަމަލުތަކުގެ ތެރެއަށް ގެނބިގެން ދިއުމުން ކަމަށް ހަނދުމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

” އަހަރެމެންގެ ތެރެއިން ބައެއް މީހުން ފާފައާއިމެދު ދެކެނީ ވަރަށް ލުއިގޮތަކަށް ، ދުނިޔެވީ މަންފާއަށްޓަކައި ފާފައެއްކުރުމަށް ޖެހިލުމެއް ނުވޭ ، މިގޮތުން ބޮޑެތި ފާފަތަކަށްވެސް އަރައިގަންނަނީ ، ބަނގުރާބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ، ޒިނޭކުރުމާއި ، ވައްކަންކުރުމާއި ، ރިބާ ކެއުމާއި ، ޖުވާކުޅުމާއި ، މީހުން މެރުމާއި ، ސިހުރު ހެދުމާއި ، ޣީބަބުނުމާއި ، ނެތިމޮށުމާއި ، ފުރައްސާރަކުރުމާއި ، މަލާމާތްކުރުމާއި ، އިއްފަތް ފޭރުންފަދަ ކަންކަމަށް މީހުން އަރައިގަންނަނީ އެއްވެސް ބިރެއްނެތި ، އަދި މުޖުތަމައުގެ އާއްމު މިންގަޑާ ޚިލާފުވާ ގޮތައް ބޭނުން ގޮތަކަށް ހެދުން އަޅަނީ ، ފާފަކުރުމަށް ފަހު އެކަމަށް ފަޚުރުވެރިވެ އެވާހަކަ ދައްކާ މީހުންވެސް މަދެއްނޫން ، މިއީ ނުބައިކަން ބޮޑުވެގެންވާ އަމަލުތައް ، “

މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަންނާންގެ މިއުޒިކީ ޢީދު ޝޯވ މިއަހަރު އައްޑޫ ސީޓީގައި ބާއްވާގޮތަށް ހަމަޖައްސައިފި

މިނިވަން ދުވަހާ ގުޅިގެން ބާއްވަމުން އަންނަ ފަންނާންގެ މިއުޒިކީ ޢީދު ޝޯވ މިއަހަރު އައްޑޫ ސީޓީގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. ...

ދިއްދޫގައި ސްކޫލްތައް ބަންދުކޮށް، ކާފިއު ހިންގައިފި

ކޮވިޑް-19އާ ގުޅިގެން ހއ. ދިއްދޫގައި ސްކޫލްތައް ބަންދުކޮށް، ކާފިއު ހިންގަން ފަށައިފިއެވެ. ދިއްދޫގައި ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންދާތީ ...

ވައިބަރ ކޮންމެ ސްޓިކާ ޕެކެއްވެސް ޑައުންލޯޑް ކޮށްލެވޭ ޚާއްސަ ޕެކެޖެއް އުރީދޫއިން ތައާރަފްކޮށްފި

އެންމެ 19 ރުފިޔާއަށް ވައިބަރގެ ކޮންމެ ސްޓިކަރ ޕެކެއްވެސް ޑައުންލޯޑް ކުރެވޭ ހާއްސަ ޕެކޭޖެއް މިއަދު އުރީދޫއިން ތައާރަފުކޮށްފި ...