މޫސުމް ގޯސް: ރައއްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

ކުރިއަށް ދެ ދުވަހު ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެ އޮތޯރިޓީން މިއަދު ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ދުވަހު މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުގައި ވައި ބާރުވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އަދި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއްވާ ކަމަށެވެ.

ވީމާ އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލައި މަސައްކަތް ކުރުމަށް އިލްތިމާސްކުރާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުުތައް:

ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން. ގެއަށް ފެން ނުވަންނަހެން ރައްކާތެރި ފިޔަވަޅު އެޅުން. އެ ގޮތުން ގޭގެ ދޮރުމަތީ ވެލި ބަސްތާފަދަ ތަކެތި ޖެއްސުން.

ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ މުދާ ފެން ނުޖެހޭފަދަ އުސް ތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލުނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން.

ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލައިލާނެކަމަށް ލަފާކުރެވޭނަމަ ކުރިއާލައި ވައުފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލައިނުލާނެފަދަ ގޮތަކަށް ހައްޔަރުކުރުން. ގަދަ ވައިިގެ ސަބަބުން އެއްލައިލާނެފަދަ ތަކެތި ބަނދެ ރައްކާތެރިކުރުން.

ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލައިފައި ބެހެއްޓުން.

ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުރުން.

އެ ކަންކަމަށް ރަށު ފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ ޚާއްސަ ސަމާލުކަމެއް ދިނުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަރުލަމާނީ ބަހުސް ފިއްތުމަށް ޕާޓީގެ އެއްވެސް ގުނަވަނެއް ނާޖާއިޒު ކޮށްގެންނުވާނެ: ނަޝީދު

ޢިލްމީ ބަހުސާއި, ފަލްސާފާއާއި, ޚިޔާލަށް މި ޕާޓީން ފުރިހަމައަށް ޖާގަދޭން ޖެހޭނެކަމަށާއި, އެ ކަންކަން ހުއްޓުވުމަށް ޕާޓީގެ ގުނަވަނެއް ...

އިންތިޚާބީ ރައީސްއާއި ނާއިބު ރައީސް ހުވާކުރެއްވުން ހަވީރު 5 ޖަހާއިރު

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް، މަޤާމުގެ ހުވާކުރެއްވުމަށް ބާއްވާ ޚާއްޞަ ...

ބާސާގެ ރައީސްއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަނީ

ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއާ ކުލަބުން ބޭރުކުރުމަށް ނޯކޮންފިޑެސް ވޯޓެއް ނެގުމަށް ކުލަބުންގެ މެންބަރުން މަސައްކަތް ފަށާފަވާކަމަށް ބާސެލޯނާގެ ...