ގަހެއް ކެނޑުމުގެ ތެރޭގައި ގޮފިގަނޑަކުން ޖެހިގެން މީހަކު މަރުވެއްޖެ

ގަހެއް ކަނޑަން އުޅުމުގެތެރޭގައި ގޮފިގަނޑެއް ވިއްސައިގެން އައިސް ބޮލުގައި ޖެހި ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މީހަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ ޚަބަރު މިއަދު 9:03 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހާ ނިޔާވެފައިވަނީ މިމީއަށް ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި ނިޔާވެފައި ވަނީ މީދޫގައި ދިރިއުޅެމުންއަންނަ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ އުމުރުން 61 އަހަރުގެ ފިރިހެނެކެވެ. މި ހާދިސާ ހިނގާފައިވަނީ ކެނެރީފް ރިސޯޓްގައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

Next: މިއަހަރުގެ ފުރަތަމަ ހަނދުކޭތަ ހުކުރުދުވަހުގެރޭ