އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލަން ރާއްޖޭގެ ހުރިހާ ދާއިރާތަކަށް ޓީމުތައް ފޮނުވަނީ

އަންނަ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވައިލާ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ރާއްޖޭގެ 87 އިދާރީ ދާއިރާއަށް އެމްޑީޕީގެ ޓީމުތައް ފޮނުވަން އެ ޕާޓީން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ ރަށްތަކަށް ޓީމުތައް ފޮނުވަން ހަމަޖެހިފައިވަނީ އެއްފަހަރާ ކަމަށާއި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމުގެ އިތުރުން މި ދަތުރުގެ މައިގަނޑު މަގުސަދަކީ ޕާޓީއާއި ދާއިރާތަކާ ދެމެދު އޮތް ގުޅުން ބަދަހިކުރުމާއި ރިޔާސީ ކެމްޕޭނަށް ތައްޔާރުވުމެވެ.

މި ދަތުރުގައި އެމްޑީޕީގެ ޓީމުތަކުން ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންނާއެކު ވަކިވަކި ބައްދަލުވުންތައް ވެސް ބާއްވާނެއެވެ.

Next: ބީއެމްއެލްއިން ”ގާލްސް އިން އައިސީޓީ” ދުވަހާ ގުޅިގެން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި