އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

އަލްބުރޫޖް ޖަމާޢަތުގެ ބެލުމުގެ ދަށުން އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.

އަލްބުރޫޖް ޖަމާޢަތުން ބުނި ގޮތުގައި އެ ޖަމާއަތުގެ ޙަވާލުގައި މި އަހަރު ރަމަޟާން މަހު ޢުމުރާއަށް ގޮސްހުރި، މުޙައްމަދު ޒަކީ (83 އަހަރު)، ގއ. ކޮލަމާފުށީ/ގަސްދޮށުގެ، ވަނީ 25 އޭޕްރީލް 2023 ވިލޭރޭ މައްކާ ގަޑިން 12 ޖަހާ ކަންހާއިރު ނިޔާވެފަވެއެވެ.

އަލްމަރްޙޫމް މުޙައްމަދު ޒަކީ ނިޔާވެފައިވަނީ މަދީނާ ޒިޔާރަތުގައި 2 ދުވަސް ހޭދަކުރުމަށްފަހު މިދަތުރުގައި އިތުރު ޢުމުރާއެއް ކުރުމަށް މަދީނާގެ މީޤާތު ޛުލް ޚުލައިފާއިން އިޙްރާމް ބަނދެގެން އައިސް މައްކާގެ ހޮޓަލަށް ފޯރިތާ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައިކަމަށް އެ ޖަމާއަތުން ބުންޏެވެ.

”މިދަތުރުގައި އެބޭފުޅާއާއެކު މައްޔިތާގެ ޢާއިލާގެ ބޭފުޅުންގެ ތެރެއިން އެބޭފުޅާގެ ހުވަފަތްވި އަނބިކަނބަލުންނާއި 2 ފިރިހެން ދަރީންނާއި އަންހެން ދަރިކަނބަލަކާއި ދެ ދަނބިދަރީން ބައިވެރިވެފައިވޭ” އަލްބުރޫޖް ޖަމާޢަތުން ބުންޏެވެ.

އަލްބުރޫޖް ޖަމާޢަތުން މައުލޫމާތު ހާމަކޮށްފައިވާގޮތުގައި ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓާއި މައްކާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންގެ އެހީތެރިކަމާއެކު މިހާރު ދަނީ މުޙައްމަދު ޒަކީގެ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ސަޢޫދީ ޢަރަބިއްޔާގެ ޢުމުރާ އެޖެންޓާއެކު މަސައްކަތް ކުރަމުންނެވެ.

މިވަގުތު މައްޔިތާ ބޭއްވިފައިވަނީ މައްކާގެ ކިންގް ފައިޞަލް ހޮސްޕިޓަލްގެ މޯރޗަރީގައެވެ. ހޮސްޕިޓަލުން ދޫކުރާ ލިޔުންތައް ލިބުމާއެކު ހިނެވުމަށްޓަކައި މައްކާގެ ޖާމިޢުލް މުހާޖިރީން ހިނަވާގެއަށް ގެންދެވޭނެކަމަށް ވެސް އެ ޖަމާއުން ބުނެފަވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލިވާތު ކުރުމަކީ އެހެން މީހަކަށް ނުރައްކާވާ ކަމެއް ނޫން: އިބުރާ

އެެއް ޖިންސުން ގުޅުން ހިންގުމަކީ އެހެން މީހެއްގެ ނަފްސާއި ފުރާނައަށް ނުރައްކާވާ ޒާތުގެ ކުށެއް ނޫން ކަމަށާއި ޔޯގާ ...

އޭއެފްސީ ކަޕްގެ މެޗްތައް ގަމު ޒޯން ސްޓޭޑިއަމްގައި ކުޅޭނެ: މިނިސްޓަރ މަޙްލޫފު

އޭއެފްސީ ކަޕްގެ މެޗްތަށް ލާމު ގަމު ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑުގައި ކުޅެވިގެންދާނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ...

ކޮވިޑް-19: އައްޑޫސިޓީން އިތުރު 04 ކޭސް

އައްޑު ސިޓީގައި ކޮވިޑު ކޮންޓްރޯލު ނުކުރެވި، ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އާއްމުކޮށް ވިހި މީހުންނަށްވުރެ ...