މިދައުރުގެ ތެރޭގައި ހަނިމާދޫ އިން ދެވަނަ ފަހަރަށް ގޯތި ދޫކުރަނީ

ހދ ހަނިމާދޫ 200 ބަންޑާރަގޯތި ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ. މިއީ ކައުންސިލްގެ މިދައުރުގައި އެރަށުން ބަންޑާރަގޯތި ދޫކުރާ ދެވަނަ ފަހަރެވެ.

ހަނިމާދޫ އިން މިއަހަރު ކުރީކޮޅު ދޫކޮށްފައިވަނީ 3000 އަކަފޫޓްގެ 200 ގޯއްޗެވެ.

19 އެޕްރީލް 2023 ވަނަ ދުވަހު  ބޭއްވި ކައުންސިލް ބައްދަލުވުމުގައި، ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ހުށަހެޅުއްވީ ލޭންޑްޔޫސް ޕްލޭނުން ގޯތިދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ދޫކުރެވެން ހުރި މިންވަރަކަށް ގޯތިދޫކުރުމަށެވެ.

މިބައްދަލުވުމަށްފަހު ކައުންސިލުން ނިންމީ 2500 އަކަފޫޓްގެ 200 ގޯތި ދޫކުރުމަށެވެ. ނައިބު ރައީސް ފިރާގު ވިދާޅުވީ، މިފަހަރުވެސް ގޯތިދޫކުރުމުގައި އިސްކަން ދޭނީ ރަށުގެ ރަޖިސްޓްރީގައި ތިބި ފަރާތްތަކަށް ކަމަށެވެ.

“ވަރަށް ޑިމާންޑް ބޮޑު، މިހާރުވެސް ރަށުން ބޭރު އެތައް ބަޔަކު މިއަދު މިވީ ވަގުތުކޮޅުގަ އެދެފި އަޅުގަނޑު ގާތުގަ އެކަނިވެސް ހަނިމާދޫއިން ބިމެއް ލިބޭނެ ގޮތެއް އޮތްތޯ. ޖަވާބަކީ ހަމަ ހަަނިމާދޫގަ ރަޖިސްޓްރީ ވެގެންނޭ ޝަރުތު ހަމަވާނި.”

ފިރާގު ވިދާޅުވި އެވެ.

ހަނިމާދޫގައި ރާއްޖޭގައި ބިމުގެ ގޮތުން އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ބައެއް ރަށްތަކުން މީހުން ބަދަލުކޮށްފައިވާ ހަނިމާދޫއަކީ 3000 އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ.

މަސްދަރު: ކުޅުދުއްފުށީ ޑޮޓްކޮމް

advertisement
Next: ހުޅުދޫގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ ފުޓްބޯޅަ ދަނޑުގައި