ނަޝީދު ފިކުރެއްގެ ދިރުމަށް ތާއީދުކުރާ 4 މުޤައްރިރަކު ވަކިކުރަން ނިންމައި، ފިޔަވަޅު އަޅަން ފޮނުވައިފި

ރަށްޔިތުންގެ މަޖިލިހުގެ ކޮމެޓީތަކުގެ މުޤައްރިރުންގެ ގޮތުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމަށް ތާއީދުކުރާ ބައެއް މެމްބަރުން މުޤައްރިރުކަމުން ވަކި ކުރުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ މިބޭފުޅުންނާއިމެދު ފިޔަވަޅު އަޅަން ނިންމީ މިއަދު ބޭއްވި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ކަމަށެވެ. މިބޭފުޅުންނާއިމެދު ފިޔަވަޅު އަޅަން ނިންމީ ތަކުރާރުކޮށް ސަރުކާރާއި އެމްޑީޕީގެ ސިޔާސަތަށް ގޮންޖަހައި އަމިއްލަ އެޖެންޑާ ހާސިލްކުރުމަށް މަސައްކަތް ކުރާތީއެވެ.

ކޮމެޓީތަކުގެ މުޤައްރިރު ކަމުން ވަކި ކުރުމަށް ނިންމާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއަކީ ސްޓޭޓް އޯވންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ މުޤައްރިރެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފަކީ އާންމު ކޮމިޓީގެ މުޤައްރިރެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއް ލަތީފްއަކީ އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީގެ މުޤައްރިރެވެ. އޭގެ އިތުރުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަކީ ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރެވެ.

މިބޭފުޅުންނާއި، މެދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާ ނިންމުމުގެ އިތުން މިބޭފުޅުންނާއިމެދު އެމްޑީޕީންވެސް ފިޔަވަޅު އަޅައިދިނުމަށް އެދި ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއަށްވެސް ޕީޖީ ގްރޫޕުން ވަނީ ފޮނުވާފައެވެ. މިހަތަރު މެމްބަރުންނަކީ މަޖިލިހާއި މަޖިލީހުން ބޭރުގައިވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ، އަދި ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ޞާލިހަށް ތާއީދު ނުކުރާނެކަމަށް ބުނެފައިވާ ހަތަރު ބޭފުޅުންނެވެ.

ރައީސް ނަޝީދާއި އެމަނިކުފާނު އިސްވެ ހުންނަވާ ހިންގަވާ “ފިކުރެއްގެ ދިރުން” ހަރަކާތުން ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާޙީމަށް ތާއީދުކުރަން ނިންމާފައެވެ.

.

Next: ހުޅުމީދޫ މިފްކޯ ބަނދަރު ބޮޑުބައެއް ނިމިއްޖެ