ރިޔާސީ ކެމްޕެއިނާއި، މެނިފެސްޓޯގެ މަސައްކަތް ރޯދަމަސް ނިމުމާއެކު ފަށާނަން: ފައްޔާޒް

ރިޔާސީ ކެމްޕެއިނާއި، މެނިފެސްޓޯގެ މަސައްކަތް ރޯދަމަސް ނިމުމާއެކު ފަށާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު އިސްމާއީލު މިހެން ވިދާޅުވީ އިންތިޚާބަށް އެމްޑީޕީން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޗެއާޕާސަން ފައްޔާޟު އިސްމާޢީލް ވިދާޅުވީ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ތައްޔާރުވަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށާ އިންތިޚާބު ކާމިޔާބުކުރުމަށް ދުރާލައި ކުރަންޖެހޭ މަސައްކަތްތަކާއި، ކުރަންހުރި މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.  

” އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ވަޢުދުތައްވެ، އެވަޢުދުތައް ފުއްދާ ޕާޓީއެއް.  ކުރިއަށް އޮތް ރިޔަސީ އިންތިޚާބުގައި ވެސް އެމްޑީޕީން އެކުލަވާލާ ސިޔާސަތުތައް ނުވަތަ މެނިފެސްޓޯ ބިނާވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް . މި މަސައްކަތް ކުރުމަށް ރޯދަމަސް ނިމުމާއެކު އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ދަތުރު ފަށާނެ.

ފައްޔާޟު ވިދާޅުވިއެވެ

އެމްޑީޕީން ރިޔާސީ އިންތިޚާބުގެ ކެމްޕޭނާއި، މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށުމަށް ތައްޔާރުވަމުންދާއިރު، އެޕާޓީން ވަނީ ރިޔާސީ އިންތިޚާގައި ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރުމަށް ބައެއް ޕާޓީތަކާއި ކޯލިޝަން ހަދަން ނިންމާފައެވެ. މިހާތަނަށް އެމްޑީޕީއާއި ކޯލިޝަން ހެދުމަށް އެއްބަސްވުމަކަށް އައިސްފައިވަނީ ޢަދާލަތު ޕާޓީއާއި، އެމްޑީއޭއިންނެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައިވާ ޕާޓީތަކާއެކު، ރިޔާސީ އިންތިޚާބު ފުރަތަމަ ބުރުން ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްއަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރު، އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން، އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާ ވާދަކޮށް ކާމިޔާބުކޮށްފައެވެ. އެމްޑީޕީން ދެކޭ ގޮތުގައި މިއީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެ ޕާޓީއަށް ލިބުނު އިތުރު ކާމިޔާބެކެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ފުރުޞަތު ހުޅުވާލާނީ ޖުލައި މަހުގެ 23 ން އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. ކެނޑިޑޭޓުންގެ ނަންބަރު އޯގަސްޓް މަހުގެ 9 ވަނަ ދުވަހު ތަރުތީބުކުރުމަށްފަހު ކެމްޕެއިން ކުރުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާ ހަމައަށް ފުރުޞަތު ދެއްވުމަށް އިލެކްޝަނުން ވަނީ ނިންމަވައިފައެވެ.

އިންތިޚާބަށް 5 މަސް ދުހަށް ގާތްވެފައިވާއިރު، އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ކާމިޔާބެއް ނުކުރެވުނު

އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ދިވެހިރާއްޖެއަށް ކާމިޔާބު ނުކުރެވި އެ ގޮނޑި އިންޑޮނޭޝިއާއިން ކާމިޔާބު ކޮށްފިއެވެ. ސަލާމަތީ ...

އަލްހާން ފަހްމީ ޕީޕީއެމުން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްޙާން ފަހުމީ ސަރުކާރު ހިންގާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ ...

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ

ސާޅީސް ފަހެއް މެންބަރުންގެ ސޮއިއާއެކު ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރު ހުށަހެޅި ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީހު ...