ފޯކައިދޫގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަން ރޯދަވީއްލުމެއް

ށ ފޯކައިދޫގައި ދިރިއުޅޭ މުސްލިމް ބިދޭސީ މަސަކަތްތެރިންނަށް ފޯކައިދޫ ކައުންސިލާއި އާންމު ބައެއް ފަރާތްތަކުން ރޯދަ ވީއްލުމެއް ދީފި އެވެ.

ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ގޮތަށް ބިދޭސީ މުސްލިމް މަސައްކަތްތެރިނަށް ކައުންސިލުން އިސްނަގައިގެން ރޯދަވީއްލުމެއް ބާއްވާތާ މިހާރު ގާތްގަނޑަކަށް 5 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ.

ކައުންސިލާއީ އާންމު ބައެއް ފަރާތަކާއި ގުޅިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މި ޕްރޮގުރާމް ކޮވިޑްގެ ހާލަތުގައި ނޫން ކޮންމެ ފަހަރަކުވެސް ކުރިއަށް ގެންގޮސްފައިވާނީ ބީދޭސީނަށް ހާއްސަ ވީޑިއޯ ދަރުސްއަކާވެސްއެކުގައިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެންވުމުން އަދި ދަރުހަކާއެކު އިތުރު ރޯދަ ވީއްލުމެއް އިންތިޒާމްކުރުމުގެ މަސަކަތްކުރަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ. އާސިފް ވިދާޅުވީ ރޯދަ މަހު މިފަދަ ކަމަކަށް އެންމެ ބޭނުންޖެހިފަ ތިބޭ ބަޔަކީ އެފަދަ ބިދޭސީންކަން އޭނާ ފާހަގަކުރެއްވި. މިފަދަ ޕްރޮގުރާމުތައް އެފަރާތްތަކަށް ޓާގެޓްކޮށް ހިންގަނީ އެހެންވުމުންނެވެ.

މި ހަރަކާތައް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިން ކައުންސިލްގެ މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް އާސިފްވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

advertisement
Next: އައްޑޫއަށް ފަތުރުވެރިކަމުގެ އިންޤިލާބީ މަޝްރޫޢެއް