މިފަހަރު ރައީސް ނަޝީދު ގުޑުވާނުލެވޭނެ ކަމަށާއި ނަޝީދު ހުންނެވީ ސާބިތު ކަމާއިއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ފަހަތްޕުޅުގައި ކަމަށް ޤާސިމްގެ އެޑްވައިޒަރު ނަވާޒް ވިދާޅުވެއްޖެއެވެ.

ނަވާޒް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ވާދަކުރައްވާ އެޕާޓީގެ އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، ރައީސް ނަޝީދުގެ ގުޅުން ގޯސްވެ، ދެބޭފުޅުންގެ ދެމެދުގައި އެއްވެސް މަޝްވަރާއެއް ރިޔާސީ އިންތިޚާބާއި ގުޅިގެން ކުރެވިފައިވޭތޯ ރައީސް ޞާލިހާއި ނޫސްވެރިއަކު ކުރި ސުވާލަށް ދެއްވި ޖަވާބާއި ގުޅިގެން ނަވާޒު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސާއިއެކު ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހަދާފައިވާ ޕާޓީތަކާއިއެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން އެމްޑީޕީގެ ރައީސް އަދި އެމަނިކުފާނުގެ ކުރީގެ ގާތް އެކުވެރިޔާ ރައީސް ނަޝީދާއި އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާކަމަށެވެ.

ރައީސްގެ ވާހަކަތަކާއި ގުޅިގެން ނަވާޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ކުރިއަށްދާނެ ގޮތް ނިންމަވާފައިވާކަމަށެވެ. ރައީސް ނަޝީދު މިހާރު އަމުދުން ރައީސް ޞާލިހާއި ކުރައްވާނެ މަޝްވަރާއެއް އޮންނާނެކަމަށް ނުބެލެވޭ ކަމަށާއި، ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު މިހާރު ނިންމާފައި ނިންމުން މިފަހަރު ބަދަލު ނުކުރެވޭނެކަމަށް ނަވާޒު ވިދާޅުވިއެވެ.

އަމުދަކުން ހިޔެއް ނުވޭ ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ވާހަކަ ދައްކަން ބޭނުންވާހެނެއް. އެހެންވެ ނޫންތޯ މިފަހަރު ލީޑަރު ޤާސިމްގެ ފަހަތްޕުޅަށް އެއެރީ. އެހެންވީމާ އިބްރާހިމް މުހައްމަދު ޞާލިހު ކިތަންމެ ވަރަކަށް ތިޔަކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަ ދެއްކިޔަން ރައީސް ނަޝީދު ދެނެއް ނުގުޑާނެ.

ނަވާޒް ވިދާޅުވިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު، އެމަނިކުފާނު އިސްވެ ހުންނަވައި އެ ޕާޓީ ތެރެއިން “ފިކުރެއްގެ ދިރުން” ނަމުގައި ސިޔާސީ ހަރަކާތެއް ވަނީ ފައްޓަވައިފައެވެ. ނަޝީދުގެ އަރިސް ބޭފުޅުން އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުގައި އެ ހަރަކާތަށް ބައި ލައްކަ އަށް ވުރެ ގިނަ މީހުންގެ ތާއީދު ލިބިފައިވެއެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން ދަނީ ޖޭޕީއާއިއެކު ކޯލިޝަން މަޝްވަރާކޮށް މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

މަސްދަރު: ޚަބަރު އޮންލައިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމައި

އައްޑޫސިޓީގައި ކޮވިޑް 19 ގެ ކޭސްތައް އިތުރުވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޅިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެގޮތުން ...

ކޯވިޑް19 އަށް ފަރުވާ ހޯދަމުންދިޔަ ކުރީގެ ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ

ކޯވިޑް19 އަށް ފަރުވާހޯދަމުން ދިޔަ ކުރީގެ ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ އެވެ. މިއީ މިބަލީ ގައި ރާއްޖެއިން ނިޔާވި ...

ކޯވިޑް-19 : މާލެއިން ރަށަށް ދިއުމަކީ މިވަގުތު ކޮށްގެންވާނެ ކަމެއްނޫން

ތަފާތު އެކި ބޭނުންތަކުގައި މާލެއައިސް ރަށްރަށް ނުދެވިތިބި މީހުންވެސް މިވަގުތު ރަށްރަށަށް ދިއުމުގެ ވިސްނުން ނުގެން ގުޅުއްވުމަށް ހެލްތް ...