ވަގު މުއާމަލާތްތައް ހިންގި ކާޑުތައް ބްލޮކްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް އެހެން މައުލޫމާތެއް އާންމުވެފައި ނުވާ ކަމަށާއި ކަސްޓަމަރުން ނުކުރާ މުއާމަލާތްތައް ހިންގާފައިވާ ކާޑުތައް ބްލޮކްކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ

ބީއެމްއެލްގެ ކާޑުތަކުގެ މައުލޫމާތު އާންމުވެފައިވާ ކަމަށާއި ކަސްޓަމަރުން ނުހިންގާ މުއާމަލާތްތަކަށް ފައިސާ ކެނޑިފައިވާ ކަމަށް ބުނެެ ބޭންކަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެ ބޭންކުން ފެބްރުއަރީ 20 ވަނަ ދުވަހު ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ބޭންކުން ބުނީ، ކަސްޓަމަރުންގެ މައުލޫމާތު ބީއެމްއެލް މެދުވެރިވެގެން އާންމު ވެފައި ނުވާނެ ކަމަށާއި ނަމަވެސް ބައެއް ފަހަރު ބައިނަލްއަގުވާމީ މާޗަންޓުންނާއި އީކޮމާސް މާޗަންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތުތައް ލީކުވެފައި ހުންނަ ކަމަށެވެ.

“ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް އެހެން މައުލޫމާތެއް އާންމުވެފައިނުވޭ. އެހެން ނަމަވެސް ބައެއް ފަހަރު ސްކޭމް ހިންގާ ފަރާތްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާޗަންޓުންނާއި އީކޮމާސް މާޗަންޓުންގެ ޕޭމަންޓް ސިސްޓަމަށް ވަދެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތައް ވަގަށް ނަގާ. މިފަދަ ގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި މުޅި ދުނިޔެއަށް ބަލާއިރު އެތައް މިލިއަން ކަސްޓަމަރުންނަށް މީގެ އަސަރުކުރޭ،”

ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ ކަސްޓަމަރުން ރައްކާތެރިކުރުމަކީ ބޭންކުން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި، އެ ބޭންކުން އަންނަނީ ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެ ފަދަ އަމަލެއް ހިނގަމުންދޭތޯ އަބަދުވެސް މޮނިޓާކުރަމުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

“މި ގޮތުން ކާޑުތަކުގެ މައުލޫމާތު ހާމަވެ، ކާޑުތަކުން މުއާމަލާތްތަކެއް ހިނގާފައިވާ ގޮތަށް ބަލާއިރު ބައެއް ކަސްޓަމަރުންގެ ކާޑުތަކުންވަނީ މުއާމަލާތްތަކެއް ހިންގާފައި. ބޭންކުން މިވަނީ މި ކާޑުތައް ބްލޮކްކޮށްފައި. އަދި ކާޑު ހެއްދުމަށް އެއްވެސް ފީއަކާ ނުލާ، އައު ކާޑު ހެދުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން،”

އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އެ ގޮތަށް މާޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، އަދި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. އަދި ޑިސްޕިއުޓް މަރުހަލާ ނިމުމާއެކު ކަސްޓަމަރުންނަށް ރީފަންޑް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

މަސްދަރު: އޭދަފުށީޓައިމްސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޯލްޑިވިއަންގެ ދަތުރުތައް ފެރީ ދަތުރުތަކެއްގެ އުސޫލުން ކުރަންޖެހޭ-މިހާދު

ބައެއް މަންޒިލްތަކުން އެކަށީގެންވާ މިންވަރަށް މީހުން ދަތުރު ނުކުރާތީ، މޯލްޑިވިއަންގެ ދަތުރުތައް ފެރީ ދަތުރުތަކެއްގެ އުސޫލުން ކުރަންޖެހޭ ކަމަށާއި، ...

ތިނަދޫގެ މިހާރުގެ ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށް މަޖިލީހުން ނިންމައިފި

ގދ. ތިނަދޫ އަކީ ލާމަރުކަޒީ ގާނޫނުގައި ބުނާ ސިޓީއަކަށްވާތީ އެ ތަނަށް ސިޓީ ކައުންސިލެއްގެ ބާރުތައް ދިނުމަށް ރައްޔިތުންގެ ...

މި ސަރުކާރަކީ ދަނޑުވެރިންގެ ޝަކުވާތައް އަޑުއަހާ، އެކަންކަން ހައްލު ކޮށްދޭ ސަރުކާރެއް: ރައީސް

ދަނޑުވެރިކަން ކުރުމުގައި ހުރި ދަތިތަކާއި، ދަނޑުވެރިންގެ ޝަކުވާތައް ސަރުކާރުން އަޑުއަހައި، ވަކިފަރުދުންނަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ލޯނު 2 ...