ހުޅުދޫ ހުވަނގު ޖަމްއިއްޔާގެ ބޯޑް މިއަހަރަށް އިފްތިތާހް ކުރުމުގެ ޖަލްސާ ބާއްވައިފި އެވެ.
ހުޅުދޫ ސަނަމް ބީޗް ސަރަހައްދުގައި މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހުޅުދޫ އަވަށުގެ ކައުންސިލަރު ފައިޒުއެވެ.
ފެބްރުއަރީ 11 ވީ ހޮނިހިރު ދުވަހު ހަވީރު ބޭއްވުނު މިރަސްމިއްޔާތުގައި އެންމެ މުހިއްމު އެއްކަމަކަށް އޮތީ ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށައެޅުމެވެ. އަހަރީ ރިޕޯޓް ހުށަހެޅުއްވީ 2022 ވަނަ އަހަރުގެ ރައީސާ އާއިޝަތު އަޝްފާއެވެ.
އަހަރީ ރިޕޯޓް ހުށަހެޅުއްވަމުން އަޝްފާބުނީ ނިމިގެން މިދިޔަ އަހަރަކީ ހުރިހާ ބައިވެރިންގެ އެއްބާރުލުން ލިބުނު ކާމިޔާބު އަހަރެއް ކަމަށެވެ.
“ނިމުނު އަހަރަކީ ވަރަށް ކާމިޔާބު އަހަރެއް. މިގޮތުން ކަނބަލުންގެ ޕާކް ތަރައްގީކުރެވުނު ، ރަށު ފެންވަރުގައި ދެއީދު ފާހަގަކުރެވުނު ، ހުޅުމީދޫ ޕޮލިސް އާއި ގުޅިގެން ކުޑަކުދީންގެ ހަވީރެއް ބޭއްވުނު ، އަދި މަސްވެރީންގެ ދުވަސް ރަށު ފެންވަރުގައި ފާހަގަކުރެވުނު .”
އަޝްފާ ބުންޏެވެ.
މިރަސް މިއްޔާތުގައި 2022 ވަނަ އަހަރު ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މެމްބަރުން ކޮށްދެއްވި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެމެމްބަރުންނަށް ހަނދާނީ ލިޔުން ދެވުނެވެ. އަދި 2023 ވަނަ އަހަރަށް ހިންގާ ކޮމިޓީއަށް އައްޔަން ކުރެވުނު މެމްބަރުންނަށް ހިންގާ ކޮމިޓީގެ މެމްބަރުކަމުގެ ލިއުން ހަވާލްކުރެވުނެވެ.
ހުވަނގު ޖަމިއްޔާގެ މި ދައުރުގެ ރައީސާއަކަށް ފާތިމަތު ސައީދާ މުތީއު ހޮވިފައިވާއިރު ނާއިބްރައީސާ އަކަށް ހޮވިފައިވަނީ ޒުލޭޚާ މަނިކައެވެ.
އެހެނިހެން މަގާމްތަކަށް ހޮވުނު ފަރާތްތައް
ސެކްރެޓަރީ : ސާދާ ހަސަން
އެސިސްޓެންޓް ސެކްރެޓަރީ: ފާތުމަތު ނަޖުދާ
ޚަޒާންދާރު: ނާޖިޔާ އިބްރާހިމް
ޚަބަރާއި ގުޅޭ ފޮޓޯ: ޝަފީގު
ކޮމެންޓްސް (0)