ނަލަފެހިން މީދޫގައި ތައްޔާރު ކުރަމުންދާ ޕާކް ސާފުކުރުމުގެ އިވެންޓެއް ބާއްވައިފިއެވެ.
މިއަދު ހެންދުނު ބޭއްވި މި އިވެންޓުގައި ނަލަފެހި ޖަމްއިއްޔާގެ މެމްބަރުންގެ އިތުރަށް މީދޫ އިޖުތިމާއީ ސަރަހައްދުތައް ސާފްކުރާ މީދޫ އަވަށު އޮފީހުގެ މުވައްޒަފުންނާއި މީދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މާނާވެސް ސާފު ކުރުމުގެ މިއިވެންޓުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ނަލަފެހި ޖަމްއިއްޔާއިން އިސްނަގައިގެން ތައްޔާރުކުރަމުންދާ މިޕާކް ތަރައްގީކުރަމުންދަނީ މުޖުތަމައުގައި ހިމެނޭ ހުރިހާ މީހުންނަށްވެސް ބޭނުން ކުރެވޭގޮތަށެވެ.
މީދޫ ފަތާޓްރެކް ސަރަހައްދުގައި ތައްޔާރުކުރެވޭ މިޕާކް ތައްޔާރުކޮށް ނިމޭއިރު ހިޔާދޭ ގަސްތަކުން މިޕާކްގެ ހިތްގައިމުކަން ފެނިގެންދާނެއެވެ. އަދި މިޕާކްގައި ޗާލު ވެއްޓެއް ބިނާކޮށް އެތަނުގައި އުދޯލި އާއި ގޮޑިތައް އަދި ، ޖޯލިފަތި ތަކާއި މޭޒުފަދަ ތަކެތި ބެހެއްޓުމަށް ވަނީ ހަމަޖެހިފައއެވެ. މީގެ އިތުރަށް މިޕާކްގެ ވަށައިގެން ޖޮގިން ޓްރެކެއް ވެސް ވަނީ އަޅާފައެވެ. އަދި މިޕާކްގެ މަސައްކަތް އެއްކޮށް ނިމޭއިރު މިޕާކްގެ ތެރޭގައި އައުޓުޑޯ ޖިމަކާ ކުޑަކުދީންގެ ޕާކެއް ގާއިމްކުރެވޭތޯވެސް ނަލަފެހިން ދަނީ މަސައްކަތްކުރަމުންނެވެ.
މީގެ އިތުރަށް ދޮށީއުމުރުގެ މީހުންނަށް ޚާއްސަކޮށްގެން އެމީހުން މުނިފޫހި ފިލުވުމަށް ބޭނުންކުރާނެ ތަނެއްވެސް މިޕާކްގައި ދަނީ ގާއިމް ކުރަމުންނެވެ.
އަދި ފަތާ ޓްރެކް ބޭނުންކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ސަޕްލައިފެނުން ފެންވެރޭނެ ގޮތައް އައުޓްޑޯ ޝަވަރއެއް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރަށް ހެދުން ބަދަދަލުކުރެވޭނެގޮތައް ޗޭންޖިން ރޫމެއްވެސް މިޕާކްގައި މިހާރުވަނީ ތައްޔާރުކުރެވިފައެވެ.
ނަލަފެހި ޖަމްއިއްޔާއިން އިސްނަގައިގެން މިޕާކް އެސަރަހައްދުގައި ތައްޔާރުކުރިއަސް މިއީ މުޅިމީދޫގެ ރަށްޔިތުންނާއި މީދޫއަށް ޒިޔާރަތްކުރާ މެހުމާނުންނަށްވެސް ބޭނުންކުރެވޭގޮތައް ތައްޔާރުކުރެވޭ ޕާކެކެވެ.