އައްޑޫގެ މަޝްރޫއުތައް އަވަސްކުރަން، ދުވަސްކޮޅަކަށް އަސްލަމް އައްޑޫ ސިޓީގައި މަޑުކުރައްވަނީ

އައްޑޫ ސިޓީގައި މި ސަރުކާރުން ހިންގާ މަޝްރޫއުތައް އަވަސްކުރަން ދުވަސްކޮޅަކަށް އައްޑޫ ސިޓީގައި މަޑުކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫގެ ދާއިރާތައް ތަމްސީލު ކުރައްވާ މެންބަރުން ވަނީ އައްޑޫގައި ހިންގާ މަޝްރޫއުތައް ނުނިމި ދިގުލައިގެންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހާއްސަކޮށް އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެއްފަހަރާ ހުރިހާ މަގެއް ކޮނެފައި އޮތުމުން ރައްޔިތުންނަށް ދިމާވާ ދަތިތައް މެންބަރުން ފާހަގަކުރެއްވި އެވެ.

“އެކަންކަން ހައްލުކުރުމަށްޓަކައި އަޅުގަނޑު ސީދާ ދުވަސްކޮޅަކަށް އައްޑޫގައި ބޭސްވުމަށް މި ހޮނިހިރު ދުވަހު އައްޑޫއަށް މޫވްކުރާނަން،”

އަސްލަމް ވިދާޅުވި އެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއު ދެ ބަޔަކަށް ބަހައި އިންޑިއާ ދެ ކުންފުންޏަކާ ވަނީ ހަވާލުކުރެވިފަ އެވެ. އޭގެ ތެރެއިން މަޝްރޫއުގެ ބޮޑުބައި ހަވާލުވެފައި ވަނީ އެފްކޮންސް ކުންފުންޏާ އެވެ. އައްޑޫގެ 18 މަގެއްގައި ތާރުއަޅައި، މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫ ބޮޑު މަގު ރީސާފެސް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޖީކޭ ޑިވެލޮޕްމެންޓް ނުވަތަ ޖީކޭޑީއާ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ނޮވެމްބަރު މަހު ގަމަށް ފަށަނީ

އަންނަ ނޮވެމްބަރު މަހުން ފެށިގެން، ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ...

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުމީދޫ ޞިއްޙީ މަރުކަޒުގައި އަލަށް ފެށި ޚިދުމަތްތައް އިފުތިތާޙުކޮށްދެއްވުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ  ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުމީދޫ ޞިއްޙީ މަރުކަޒުގައި އަލަށް ފެށި ޚިދުމަތްތައް އިފުތިތާޙުކޮށްދެއްވުމަށް ...

ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ހޯދަން އާސަންދަ ދިނުން ހުއްޓައެއްނުލާ – އާސަންދަ

ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ހޯދަން އާސަންދަ ދިނުން ހުއްޓާނުލާ ކަމަށް އާސަންދަ އޮފީހުން ބުނެފިއެވެ. ކެންސަރަށް ފަރުވާ ...