މާލީ އަޑިގަނޑުން ބާސާއަށް އަރައިގަނެވިއްޖެކަމަށް ލަޕޯޓާ ބުނެފި

ސްޕެއިންގެ ގަދަބާރު ބާސެލޯނާ މާލީ އަޑިގަނޑެއްގެ ތެރޭގައި އޮތް ނަމަވެސް މިހާރު އެކުލަބަށް އެހާލަތު ބަދަލުކޮށް ރަނގަޅު ފައްތަރަކަށް އެރިއްޖެ ކަމަށް އެކުލަބުގެ ރައީސް ޔޮއާން ލަޕޯޓާ ބުނެފި އެވެ.

މީގެ ދެއަހަރު ކުރިން ބާސާގެ ރައީސްކަމަށް ލަޕޯޓާ އައިއިރު އެކުލަބް އޮތީ މާލީ ގޮތުން ވަރަށް ބޮޑަށް އަޑިއަޅާލާފަ އެވެ. އެހެންކަމަށް އަލަށް އިންތިހާބުވެ މިހާ ބޮޑު ކަމަކާ ކުރިމަތިވުމަކީ ބޮޑު ގޮންޖެހުމަކަށްވި އެވެ.

ހާއްސަކޮށް އެޓީމުގެ ތަރި ލިއޮނަލް މެސީގެ ކޮންޓްރެކްޓް އާނުކުރެވިގެން އޭނާ ޕީއެސްޖީއަށް ދޫކޮށްލަން ޖެހުމަކީ ބާސާއަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ސީނިއާ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން އަންގަން ޖެހުނުއިރު ކުލަބުގެ ގިނަ ހިއްސާތަކެއް ވިއްކާލަން ޖެހުނެވެ. އަދި ހަމަ މުހިންމު ސްޕޮންސަރޝިޕް ޑީލްތަކެއް ވެސް އެކުލަބު އަތުން ދޫވެގެންދިޔަ އެވެ.

އެހެންނަމަވެސް ލަޕޯޓާ ބުނީ މިހާރު ވަރަށް ރަނގަޅަށް ކުރެވުނު މަސައްކަތުން ހާލަތު ބަދަލުކުރެވިއްޖެ ކަމަށާއި އާ ކުޅުންތެރިން ގަންނަން ޓީމުގައި ތިބި ކުޅުންތެރިން ވިއްކާލަން މިހާރު ނުޖެހޭނެ ކަމަށާއި އެހާލަތުން އަރަގަނެވިއްޖެ ކަމަށެވެ. އަދި މިހާރު ކޮންމެ ކުޅުންތެރިޔަކު ގަންނަން ވެސް މާކެޓަށް ނުކުމެވޭނެ ފެންވަރު އެކުލަބުގައި އެބަހުރި ކަމަށް އޭނާ ބުނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާސޭ އަތުން ބަލިވެ ފްރެންޗް ކަޕުން ޕީއެސްޖީ ކަޓައިފި

ފްރެންޗް ކަޕްގެ ދެވަނަ ބުރުގައި ރޭ މާސޭ އަތުން ބަލިވެ ޔޫރަޕުގެ ގަދަބާރު ޕީއެސްޖީ މުބާރާތުން ކަޓައިފި އެވެ. ...

ލީގު ކަޕް ސެމީފައިނަލް : މިޑްލްސްބަރާ އަތުން ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ލީގް ކަޕް (ކަރަބޯ ކަޕް) ސެމީ ފައިނަލުގެ ފުރަތަ ލެގުގައި ޗެލްސީއާއި މިޑްލްސްބަރާ ވާއްދަލުކުރި މެޗުން ޗެލްސީ ...

ލޮތަރި އެފްސީ ޗެމްޕިއަންކަން ހޯދައިފި

މީދޫގައި މިހާތަނަށް ބޭއްވުނު  އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ” ގައުމު ސްޓްރީޓް ކަޕް ” ގެ ...